Roadha Mihaaru
ފިނޮޅު ނައްތާލަން އުޅުމުން އައީ ކުޑަ ޖޫރިމަނާއެއް

ފިނޮޅު ހަލާކުކުރި މައްސަލާގައި ގިލިލަންކަންފުއްޓަށް ކުޑަ ޖޫރިމަނާއެއް

30 މެއި 2021

ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރުކޮނެ، އެތަން ނައްތަލައިން މަސައްކަތްކުރި މައްސަލައިގައި ގިލިލަންކަން ފުށި ރިސޯޓް، ނިސްބަތުން ކުޑަ އަދަދަކުން ޖޫރިމަނާކޮށްް، އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ނިންމައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރުކޮނެ، އެތަން ނައްތަލައިން މަސައްކަތްކުރި މައްސަލައިގައި ގިލިލަންކަން ފުށި ރިސޯޓް، ނިސްބަތުން ކުޑަ އަދަދަކުން ޖޫރިމަނާކޮށްް، އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ނިންމައިިފި އެވެ.

ފިނޮޅު ނައްތައިލުމުގެ ބޭނުމުގައި ފިނޮޅުގެ ތިިން ސަރަަހައްދަކުން ކޯރުކޮނުނުކަން ސާބިތުވުމުން، ގިލިލަންކަންފުށި ރިސޯޓްު ހިންގާ ޕްރޯމަސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ 562،980 (ފަސް ލައްކަ ފަސްދޮޅަސް ދެ ހާސްް ނުވަ ސަތޭކަ އައްޑިހަ ރުފިޔާ) އިންނެވެ.

އީޕީއޭގެ ބަޔާނުގައި ބުނީ ގިލިލަންކަންފުށި ރިސޯޓް ހިންގާ ކުންފުނި ޖޫރިމަނާކުރީ އެ ރިސޯޓްގެ މުވައްޒަފުންތަކެއް ފިނޮޅަށް އަރައި، ފިިނޮޅުގެ ވެލިގަނޑު ގިރައިގެންދާނެހެން ކޯރުކަނޑާފައިވާކަން ޔަގީންވުމުން ކަަމަށެވެ. އެކަން އެގޮތަށް ކޮށްފައިވާކަން ޔަގީންވީ ފުލުހުން މެދުވެރިކޮށް އެކަން ބެލުމުން ކަމަށް ވެސް ބުންޏެވެ.

ފިނޮޅަށް ގަސްދުގައި ގެއްލުން ދިނުމުން ކޮށްފައި މިވާ ޖޫރިމަނާއަކީ ފަރަކަށް އުޅަނދެއް އުރުން ފަދަ، ގޮތްގޮތުން މީހުންގެ ގަސްދަކާ ނުލައި ފަރުފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން މީގެ ކުރިން ކޮށްފައިވާ ޖޫރިމަނާތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ ޖޫރިމަނާއެކެވެ. އެފަދަ ބައެއް މައްސަލަތަކުގައި އެތައް މިލިޔަން ރުފިޔާއަކުން ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.

ހިންމަފުށްޓާ ގިލިލަންކަންފުށްޓާ ދޭތެރޭގައި އޮންނަ ފިނޮޅު ހަލާކުރަނިކޮށް އެކަން ހުއްޓުވައި ފުލުހުންނަށް އެންގީ ހިންމަފުށީގެ ރައްޔިތުން ތަކެކެވެ. އެ ފިނޮޅަކީ ހިންމަފުށީ މީހުން ދަތުރުގޮސް އުޅޭ ފިނޮޅެކެވެ. ފިނޮޅަށް ގެއްލުން ދިނުމުގައި ގިލިލަަންކަންފުށީގެ އޭރުގެ ޖެނެރަލް މެނޭޖަރު ވެސް ބައިވެރިވި އެވެ.