20 ނޮވެމްބަރ 2016
އިންޑިއާގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
އިންޑިއާގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަންނަ އަންގާރަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ތާޖު ޕެލެސް ހޮޓަލުގައި ބާއްވާ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ދަތުރުފުޅުގައި، އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެން މާދަމާ އާއި އަންގާރަ ދުވަހު ބާއްވާ ފޯރަމްގައި ރާއްޖެ އާއި އިންޑިއާގެ 400 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި، ދެ ގައުމުގެ ބޮޑެތި ކުންފުނިތަކާއި އިންވެސްޓަރުން ހިމެނެ އެވެ.
އިންވެސްޓްމަންޓް ފޯރަމްގެ ޕާޓްނަރުންގެ ގޮތުގައި ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފަ އެވެ. އެ ގޮތުން، ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ދިރާގު، އުރީދޫ، އެސްޓީއޯ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އިން ވަނީ ސޮއިކޮށްފަ އެވެ.
މީގެ އިތުރުން، ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައިވެރިވެފައި ވާއިރު، ސިލްވަ ޕާޓްނަރުންގެ ގޮތުގައި އެލައިޑް އިންޝުއަރެންސާއި އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީން ވަނީ ބައިވެރިވެފަ އެވެ.
މި އަހަރުގެ ފޯރަމްގައި ހުޅުވާލާ މަޝްރޫއުތައް އަމާޒު ކުރަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ އިންފްރަސްޓްރަކްޗާ އާއި ޓޫރިޒަމް އަދި ރެކްރިއޭޝަނަލް ދާއިރާގެ މަޝްރޫއުތަކެވެ. އެ ދާއިރާތަކުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތައް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.
ޖިހާދުގެ މެސެޖު: އިންވެސްޓްމަންޓުގެ ފައިދާ ލިބޭނެ
އިންވެސްޓްމަންޓް ފޯރަމަށް ޗާޓަރު ފްލައިޓެއް ބާއްވަނީ
އިންވެސްޓްމަންޓް ފޯރަމްގައި ރަޖިސްޓްރީވާން ހުޅުވާލައިފި
އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ
"އިންވެސްޓްމަންޓުތަކަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ"
އިންވެސްޓްމަންޓުގެ ހިމާޔަތަށް އިންޑިއާ އިން އެދިއްޖެ
އިންޑިއާގެ ނައިބު ރައީސާ ޖިހާދު ބައްދަލުކުރައްވައިފި
އިންޑިއާގެ އާ ވިސްނުން: ރާއްޖޭގެ އެދުމަށް ކަން ކުރުން
ޔޫއޭއީގެ އިންވެސްޓަރުންނާ އެކު މަޝްވަރާކޮށްފި
އިހަވަންދިއްޕޮޅަށް އިންވެސްޓަރަކު ހޯދަނީ