22 ފެބުރުއަރީ 2021
ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ގުޅޭ ގޮތުން ޔޫއޭއީގެ އިންވެސްޓަރުންނާ އެކު މަޝްވަރާކޮށްފި އެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާ ގުޅޭ ގޮތުން ޔޫއޭއީގެ އިންވެސްޓަރުންނާ އެކު މަޝްވަރާކޮށްފި އެވެ.
ޔޫއޭއީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އިންވެސްޓްމަންޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ވެބިނާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިމިނަތު ޝަބީނާ އަދި އަބޫދާބީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އޭޑީސީސީއައި)ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ހެލާލް ބައިވެރިވެވަޑައިގަތެވެ.
އޭޑީސީސީއައި އާއި ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން ބޭއްވި މި ވެބިނާގައި ރާއްޖޭގައި އެކި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މީގެ ތެރޭގައި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން އަދި މެރިން ލައިފް ދާއިރާއިން ހުރި ފުރުސަތުތައް ހިމެނެ އެވެ.
މި ވެބިނާ ފައްޓަވައިދެއްވައި މުހައްމަދު ހެލާލް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ގުޅުން އަބަދުވެސް ބަދަހިކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖެއަށް އިންވެސްޓުމަންޓުތައް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖޭން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މި ވެބިނާ އަކީ މިކަމުގައި އެޅޭ މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އިހަވަންދިއްޕޮޅަށް އިންވެސްޓަރަކު ހޯދަނީ
"އިންވެސްޓްމަންޓުތަކަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ"
ޖިހާދުގެ މެސެޖު: އިންވެސްޓްމަންޓުގެ ފައިދާ ލިބޭނެ
ކޮމަންވެލްތުން ވަކިވިޔަސް ގެއްލުމެއް ނުވާނެ: ސަރުކާރު
އިންވެސްޓަރުންގެ އިތުބާރު އެބައޮތް: މިނިސްޓްރީ
އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ
އިންވެސްޓަރުންނަށް ރާއްޖެ ވަރަށް މަގުބޫލު: ޖޭއެލްއެލް
"ރަސްމާލެ" އިން އިންގިލާބީ ތަރައްގީ ފެންނާނެ:ރައީސް
ތަރައްގީ ހޯދަން ޔޫއޭއީގެ ތަޖުރިބާ ބޭނުންކުރާނެ: ރައީސް
ބޭރު އިންވެސްޓަރުން ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދަނީ