22 ސެޕްޓެމްބަރ 2016
ވިޔަފާރި އާއި އިގްތިސާދީ ދާއިރާގައި އިންޑިއާ އިން ރާއްޖެއާ މެދު ގެންގުޅޭ ވިސްނުން ބަދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ރާއްޖެ އަށް ފައިދާ ވާ ކޮންމެ ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިންޑިއާ އިން ރޭގައި ބުނެފި އެވެ.
ވިޔަފާރި އާއި އިގްތިސާދީ ދާއިރާގައި އިންޑިއާ އިން ރާއްޖެއާ މެދު ގެންގުޅޭ ވިސްނުން ބަދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ރާއްޖެ އަށް ފައިދާ ވާ ކޮންމެ ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިންޑިއާ އިން ރޭގައި ބުނެފި އެވެ.
ރާއްޖެއިން އިންޑިއާގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވި ގޮތުގައި އޭނާގެ ސަފީރުކަމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވެ އެވެ. އެ ގޮތުން، ހަމައެކަނި ވިޔަފާރި ކުރުމުގެ ބަދަލުގައި، އިގްތިސާދީ އެހެން ދާއިރާތަކަށް ވެސް އެ ގުޅުން ފުޅާ ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މިޝްރާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ މުއާމަލާތެއް ކުރާ ނަމަ އެ ގުޅުން ބިނާވާން ޖެހޭނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ދިވެހި ސަރުކާރާއި ރައްޔިތުން ބޭނުންވާ އަދި ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދާ ކަމަކަށް ވުމާއި ރާއްޖެ އަށް ފައިދާވާ ގޮތަށް އެ މުއާމަލާތެއް ކުރިއަށް ގެންދިއުމުގެ އިތުރަށް ހާމަކަން ބޮޑު ގޮތެއްގައި އެ ކަމެއް ހިންގުމެވެ.
"ރާއްޖެ އާއި އިންޑިއާ ދެމެދު އިގްތިސާދީ ގޮތުން ވެސް ކިތަންމެ ފަރަގު ބޮޑަސް، ރާއްޖެ އަށް އެންމެ ރަނގަޅު ގޮތެއް އިންޑިއާއަކަށް ނުނިންމޭނެ. އަޅުގަނޑުމެންނަށް އިރުޝާދު ދޭން ޖެހޭނީ ތިޔަބޭފުޅުން،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވި އެވެ.
ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާ އިން އެންމެ ރަނގަޅު ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިޝްރާ ދެއްވި އެވެ. އޭނާ ވިދާޅުވީ އަންނަ ނޮވެމްބަރު 21 އަދި 22 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން އެ ކަމަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އެންމެ ބޮޑަށް ގޯސްވީ އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ މައި އެއާޕޯޓު ދިނުމަށް ފަހު އަތުލުމުންނެވެ. އެކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދަތިކުރަން އެކި ފިޔަވަޅުތައް އެޅި އެވެ. އެ ގޮތުން، އިންޑިއާ އަށް ބޭހަށް ދާ ދިވެހިންނަށް ވިސާ ތާށިކުރުމާއި ރާއްޖެ އަށް ހިލަ އާއި ހިލަވެލި ވިއްކުން ހުއްޓާލުން ހިމެނެ އެވެ. އޭގެ ސަބަބުން ދިވެހިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި، އިމާރާތްކުރުމުގެ ދާއިރާ އަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
ހަމަ އެ ދުވަސްވަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އިންޑިއާގެ އެހެން ކުންފުނިތަކަށް ދިން މަޝްރޫއުތައް ވެސް އެ ފަރާތްތަކުގެ އަތުން އަތުލި އެވެ. އޭގެ ތެރޭގައި މާލޭގެ ކުނި މެނޭޖުކުރަން އިންޑިއާގެ ޓަޓުވާއާ އެކު ކުރި އެއްބަސްވުން އުވާލުން ހިމެނެ އެވެ. އޭގެ އިތުރުން، ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން، އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އަޅަމުން ގެންދިޔަ ފްލެޓުތަކުގެ މަސައްކަތް ވެސް ހުއްޓުމަކަށް އަ އެވެ.
މީގެ އިތުރުން، ޗައިނާއާ އެކު ރާއްޖޭން ގުޅުން ބަދަހިކުރަން ފެށުމުން ވެސް އިންޑިއާ އިން ކަންބޮޑުވެ އެވެ. ހާއްސަކޮށް، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އެއާޕޯޓު ތަރައްގީކުރުން ފަދަ އިގްތިސާދީ ބޮޑެތި މަޝްރޫއުތަކެއް ހިންގަނީ ޗައިނާ އިން ލޯނު ނަގައިގެންނެވެ.
އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރަން ރޭ ބޭއްވި ހަފްލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު (ކ) އާއި ޗައިނާ. ސަފީރު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެކަމަކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން މިފަހުން ވަނީ ރަނގަޅުވާން ފަށާފަ އެވެ. މިދިޔަ ފެބްރުއަރީ އަދި އޭޕްރީލް މަހު ބޭއްވި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ރާއްޖެ އަށް ފިޔަވަޅު ނޭޅީ ވެސް ރާއްޖެއާ އެއްކޮޅަށް އިންޑިއާ އިން ވަރަށް ބޮޑަށް ވަކާލާތުކޮށްދީގެންނެވެ.
އެންމެ ފަހު ފަހަރު ރައީސް ޔާމީން އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވި އެވެ. އިންޑިއާ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ ކަމަށާއި އެ ފުރުސަތު ހުޅުވޭނެ ކަމަށް އެ ދެ ބޭފުޅުން ހާމަކުރައްވާފައިވެ އެވެ.
އިންވެސްޓްމަންޓް ފޯރަމްގައި ރަޖިސްޓްރީވާން ހުޅުވާލައިފި
"އިންވެސްޓްމަންޓުތަކަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ"
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
ޑިޖިޓަލްއިގްތިސާދެއް ބިނާކުރަން އިންޑިއާގެ އެހީ ބޭނުންވޭ
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ