24 އޮކްޓޯބަރ 2016
އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ދިވެހި ވިޔަފާރިވެރިން ގެންދަން ހާއްސަ ޗާޓަރު ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ދިވެހި ވިޔަފާރިވެރިން ގެންދަން ހާއްސަ ޗާޓަރު ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރުގެ ނައިބު އާދަމް ތައުފީގު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 21 އަދި 22 ގައި ބާއްވާ ފޯރަމަށް ހާއްސަކޮށް ޗާޓަރު ފްލައިޓެއް ބާއްވަން ގައުމީ އެއާލައިން، މޯލްޑިވިއަންއާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވާ ފޯރަމަށް އަގުހެޔޮކޮށް ދެވޭނެ ގޮތް ދިވެހި ވިޔަފާރިވެރިންނަށް ހޯދައިދިނުމެވެ.
ތައުފީގު ވިދާޅުވި ގޮތުގައި އަދި ނިންމާފައި ވަނީ އެއް ފްލައިޓް ބާއްވާށެވެ. އެކަމަކު، ލިބޭ ތަރުހީބަށް ބެލުމަށް ފަހު އިތުރު ފްލައިޓެއް ބާއްވަން ޖެހިއްޖެ ނަމަ އެ މަސައްކަތް ވެސް ކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ބޭނުމަކަށް ވަނީ ރާއްޖޭގެ ވެސް ގިނަ އަދަދެއްގެ ވިޔަފާރިވެރިންތަކެއް އެކޮޅަށް، އިންޑިއާގައި މި ޕްލެޓްފޯމް ގާއިމްކުރެވިގެން ދާއިރު ހަމައެކަނި އިންޑިއާއެއް ނޫން، ދުނިޔޭގެ އެހެން ގައުމުތަކުގެ ވިޔަފާރިވެރިން ވެސް އިންޑިއާގައި ބައިވެރިވަމުން ދާނެ،" ތައުފީގު ވިދާޅުވި އެވެ.
އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެން ބާއްވާ ފޯރަމްގައި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާން ތިން އަގެއްގެ ތިން ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، ފޯރަމްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިންނަށް އަންނަ މަހުގެ 10 ގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
ތައުފީގު މިއަދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާގެ ވިޔަފާރިވެރިންގެ ތަރުހީބު ވަރަށް ރަނގަޅެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވެ، އެ ފަރާތްތަކުގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދޭން މިއީ ރަނގަޅު ފުރުސަތެއް ކަމަށާއި އެހެންވެ ވީހާ ވެސް ގިނަ ވިޔަފާރިވެރިން ބައިވެރިވުމަށް އޭނާ ގޮވާލެއްވި އެވެ.
"އަޅުގަނޑަށް ހީވަނީ ބައެއް ވިޔަފާރިވެރިން ބޭނުންވާ ނޫނީ ބައްދަލުކުރަން ބޭނުންވާ ނޫނީ ބޭނުންވާ ބައެއް ތަކެތި އެތެރެކުރުމުގައި ބައެއް ކުންފުނިތަކުން ބޭނުންވާ ނަމަ އެ އިންޑިކޭޝަން ދެއްވީމަ، އިންޑިއާ ސައިޑުން އެ ކުންފުނިތަކާ ނޫނީ އެ އޭރިއާތަކުން ބައްދަލުކުރެވޭނެ އިންތިޒާމު ވެސް އަޅުގަނޑުމެން ބަލައިދޭނަން،" ތައުފީގު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވާފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.
މި އަހަރުގެ ފޯރަމްގައި ހުޅުވާލާ މަޝްރޫއުތައް އަމާޒު ކުރަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ އިންފްރަސްޓްރަކްޗާ އާއި ޓޫރިޒަމް އަދި ރެކްރިއޭޝަނަލް ދާއިރާގެ މަޝްރޫއުތަކެވެ. އެކަމަކު، އެއީ ސީދާ ކޮން މަޝްރޫއުތަކެއް ކަމެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.
އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ
ޖިހާދުގެ މެސެޖު: އިންވެސްޓްމަންޓުގެ ފައިދާ ލިބޭނެ
އިންވެސްޓްމަންޓް ފޯރަމަށް ނައިބު ރައީސް އިންޑިއާ އަށް
އިންވެސްޓްމަންޓް ފޯރަމްގައި ރަޖިސްޓްރީވާން ހުޅުވާލައިފި
"އިންވެސްޓްމަންޓުތަކަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ"
އިންވެސްޓްމަންޓުގެ ހިމާޔަތަށް އިންޑިއާ އިން އެދިއްޖެ
އިންވެސްޓްމަންޓް ފޯރަމުގެ ސްޕޮންސަރަކަށް ބީއެމްއެލް
އިންޑިއާގެ އާ ވިސްނުން: ރާއްޖޭގެ އެދުމަށް ކަން ކުރުން
އިންވެސްޓަރުންގެ އިތުބާރު އެބައޮތް: މިނިސްޓްރީ
އިންޑިއާގެ ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދަނީ