Roadha Mihaaru
ރައީސާއެކު އޮތީ އުންމީދީ ބައްދަލުވުމެއް: މުއިއްޒު

ރައީސާއި ޑރ. މުއިއްޒުގެ ފުރަތަމަ ބައްދަލުވުން: ބޭއްވީ އުއްމީދީ ވާހަކަތަކެއް

27 މެއި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، މިއަދު އޮތީ އުންމީދީ ބައްދަލުވުމެއް ކަމަށާއި ރައީސް ދެއްވީ ވެސް އުންމީދީ ޖަވާބުތަކެއް ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، މިއަދު އޮތީ އުންމީދީ ބައްދަލުވުމެއް ކަމަށާއި ރައީސް ދެއްވީ ވެސް އުންމީދީ ޖަވާބުތަކެއް ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި މުއިއްޒު، ރައީސާއެކު އޮތް ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ބިނާކުރުވަނިވި ބައްދަލުވުމެއް ކަމަށެވެ.

"ދެއްވި ވަގުތާއި އުންމީދީ ޖަވާބުތަކަށް ޝުކުރު ދަންނަވަން،" އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބު ކޮށްފައިވާ މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވިގޮތުގައި ރައީސާ ބައްދަލުކުރެއްވީ، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހިއްސާ ކުރެއްވުމަށާއި ކަންކަން ތަންފީޒު ކުރުމުގައި ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި، މާލެއަކީ އަމާން ތަނަކަށް ހެދުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ވާހަކަފުޅުގައި ވެސް، މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ މޭޔަރު ކަމާއި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހޯދީ ޕީޕީއެމުންނެވެ. މިއީ މާލޭ ސިޓީ ކައުންސިލްގެެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

މުއިއްޒު އަބަދުވސް ވިދާޅުވަމުން ގެންދަވަނީ އޭނާގެ އެހީތެރިކަން ސަރުކާރަށް އަބަދުވެސް ލިބޭނެ ކަމަށެވެ.