މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ މަރުކަޒީ ވިސްނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
10 ފެބުރުއަރީ 2019
މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން ދިޔަ މަރުކަޒީ ވިސްނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރި ގޮތާއި ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރަން ޖެހިފައިވާކަން ދެބަސްވުމެއް ނެތި ގަބޫލުކުރެވޭނެ ކަމަށެވެ.
އެހެންނޫނީ 2050 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓު އުޅޭނީ މާލޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ކުރެވޭނެ ކަމެއް ނޫން އަދި ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫން. ހަމައެފަދައިން އިޖުތިމާއީ އެތައް މައްސަލަތަކެއް ވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ދުވެލި މަތިވަމުން އައި ނަމަވެސް ތަރައްގީގެ ދުވެލި ބަރުވެގެން އުޅެނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ނުކެރިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ކުރުމަކީ ކައުންސިލްތައް އުފައްދައި ކައުންސިލަރުންތަކެއް އިންތިޚާބުކުރުން އެކަނި ނޫން ކަމަށާއި އެ ކައުންސިލްތަކަށް އިދާރީ އަދި މާލީ ބާރުވެރިކަން ދޭންޖެހޭ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކި ސަބަބުތަކާ ހުރެ އެތައް ކައުންސިލަރުންނެއް ސަސްޕެންޑުކޮށް ފިޔަވަޅު އަޅާފައި ވެ އެވެ. އެމީހުންގެ ސަސްޕެންޝަން އުވާލައި އަދި މުސާރަ ހިފެހެއްޓި ކައުންސިލަރުންގެ މުސާރަ އިޔާދަ ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ނިންމާފައި ވެ އެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ވެސް ނަގާފައި ވެ އެވެ. ނަމަވެސް ރައީސް ވަނީ ސިޓީ ކައުންސިލްތަކަށް އަލުން ބައެއް ބާރުތައް ދެއްވައިފަ އެވެ.
ލާމަރުކަޒީކޮށް ހިންގުމަށް ވަކާލާތުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކައުންސިލްތަކަށް ބާރުދޭން ސަރުކާރު ތައްޔާރުކަމަށެވެ. ލާމަރުކަޒީ ރާއްޖެއެއް ބިނާކޮށް ޖަޒީރާ ދިރިއުޅުން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދެވޭނީ ކައުންސިލްތައް ބާރުވެރިކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ވިއަވަތި ކޮންފަރެންސްގެ ނަތީޖާއާ މެދު ރައީސްގެ ހިތްހަމަޖެހުން
ވިސްނުމަކީ އެސްޖީން ހަމަޖައްސާއިރު ކައުންސިލް ލަފާހޯދުން
ރައީސާއެކު އޮތީ އުންމީދީ ބައްދަލުވުމެއް: މުއިއްޒު
މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރުމުން ފާޑުކިއުން!
އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ
ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހު ގެންނަން ޖެހޭ:ރައީސް
ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރަނީ
މާލޭގެ މޭޔަރަކަށް ޝިފާ އިންތިޚާބުކޮށްފި
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި