Roadha Mihaaru
ނަޖީބަކީ "ވަގެއްގެ" ގޮތަށް މަހާތިރު ސިފަ ކުރައްވައިފި

ބޮޑު ވަޒީރު ނަޖީބަކީ "ވަގެއްގެ" ގޮތަށް މަހާތިރު ސިފަ ކުރައްވައިފި

20 ނޮވެމްބަރ 2016

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 20) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލާ އޭނާގެ އިސްތިއުފާ އަށް ގޮވާލުމަށް ކުއާލަ ލަމްޕޫރުގައި އިއްޔެ ބޭއްވި ބޮޑު މުޒާހަރާގައި ނަޖީބަކީ "ވަގެއްގެ" ގޮތަށް ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ސިފަ ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެލޭޝިއާގައި އިސްލާހަށް މަސައްކަތް ކުރާ އެންޖީއޯތަކާއި ސިވިލް ސޮސައިޓީ ގްރޫޕްތައް ހިމެނޭ "ބާސިހު" އިން ބޭއްވި ރީނދޫ ޓީޝާޓް މުޒާހަރާގައި މަހާތިރު ވަނީ ސަރުކާރުގެ ފައިސާ އަށް ނަޖީބު ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި މެލޭޝިއާ "މިހާރު ކޮންޓްރޯލް ކުރަމުން ދަނީ ވަގުން" ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އިސްތިއުފާ އަށް ގޮވާލަން ރީނދޫ ޓީޝާޓުގެ މުޒާހަރ ކުއާލަ ލަމްޕޫރުގައި އިއްޔެ ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އިސްތިއުފާ އަށް ގޮވާލަން ރީނދޫ ޓީޝާޓުގެ މުޒާހަރ ކުއާލަ ލަމްޕޫރުގައި އިއްޔެ ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

"ނަޖީބުގެ ސަރުކާރު ބަދަލުކުރަންވީ ވަގުތު ޖެހިއްޖެ. ބޮޑު ވަޒީރު ކަމުގެ މަގާމުގައި ބެހެއްޓުމަށް ނަޖީބަކީ އެކަށީގެންވާ މީހެއް ނޫން. އޭނާ ގެންދަވަނީ ގާނޫނުތައް މުގުރައްވަމުން،" ކުއާލަ ލަމްޕޫރުގެ ޕެޓްރޮނާސް ޓަވާ ސަރަހައްދުގައި 20،000 މީހުންނާ މުޚާތަބް ކުރައްވާ ރީނދޫ ޓީޝާޓުގައި ހުންނެވި މަހާތިރު، 91، ވިދާޅުވި އެވެ.

ބޮޑު ވަޒީރު ނަޖީބުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު އަޅުވާފއި ވަނީ ސަރުކާރުގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތާ ގުޅިގެން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް އެ ބޭންކުން 681 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަތަކެއް ފަޅާ އެރުމާ ގުޅިގެންނެވެ. މެލޭޝިއާގެ އެޓާނީ ޖެނެރަލް މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބުގެ ކެމްޕޭނަށް ދިން ފައިސާ ކަމަށެވެ. ނަޖީބު ވެސް ވަނީ ޚިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އިސްތިއުފާ އަށް ގޮވާލަން ކުއާލަ ލަމްޕޫރުގައި އިއްޔެ ބޭއްވި ރީނދޫ ޓީޝާޓު މުޒާހަރާގެ ބައިވެރިންނާ މަހާތިރު ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ރީނދޫ ޓީޝާޓު މުޒާހަރާއާ ގުޅިގެން ނަޖީބުގެ ބްލޮގުގައި ލިޔުއްވާފައި ވަނީ ބާސިހު އަކީ އިދިކޮޅު ފަރާތްތަކުގެ ހަތިޔާރެއް ކަމަށެވެ. އަދި ގައުމު ހަލަބޮލިކޮށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރު ވައްޓާލަން ފުރުސަތު ނުދޭނެ ކަމަށާއި މުޒާހަރާއެއް ދެކެ ބިރުން ފަހަތަށް ނުޖެހޭނެ ކަމަށް ނަޖީބު، 63، ވަނީ ވިދާޅުވެފަ އެވެ.

މެލޭޝިއާގެ 1އެމްޑީބީގެ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަ ދަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް ތަހުގީގު ކުރަމުންނެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ވަނީ 1އެމްޑީބީ ބޭންކުގެ ޚިޔާނާތުގައި ތުހުމަތު ކުރެވޭ ހުރިހާ މުދަލެއް ހިފެހެއްޓުމަށް އަމުރު ނެރެފަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އިސްތިއުފާ އަށް ގޮވާލަން ރީނދޫ ޓީޝާޓުގެ މުޒާހަރާ ކުއާލަ ލަމްޕޫރުގައި އިއްޔެ ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އިސްތިއުފާ އަށް ގޮވާލަން ރީނދޫ ޓީޝާޓުގެ މުޒާހަރާ ކުއާލަ ލަމްޕޫރުގައި އިއްޔެ ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ރީނދޫ ޓީޝާޓުގެ މުޒާހަރާ އަށް ތައްޔާރުވަމުން ދިޔަ އިރު ސަރުކާރަށް ތާއީދުކުރާ ރަތް ޓީޝާޓުގެ މީހުން ވެސް ވަނީ މުޒާހަރާ އަށް ނުކުމެފަ އެވެ.

މުޒާހަރާ އަށް ތައްޔާރުވަމުން ދިޔަ އިރު ފުލުހުން ހުކުރު ދުވަހު ވަނީ ބާސިހުގެ ލީޑަރު މާރިއާ ޗިން އަބްދުﷲ ހައްޔަރުކޮށްފަ އެވެ. އޭނާ ދޫކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ގޮވާލައިފަ އެވެ.

ބާސިހުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެސް ނަޖީބާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވައިފަ އެވެ.

މަހާތިރު ވަނީ 1981-2003 އަށް މެލޭޝިއާގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. 1އެމްޑީބީގެ ޚިޔާނާތާ ގުޅިގެން މަހާތިރު ވަނީ ވެރިކަން ކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަނުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވައިފަ އެވެ. މަހާތިރު އަދި ވަނީ ސަރުކާރާ ދެކޮޅަށް އިތުރު މުޒާހަރާތައް ބާއްވަވާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ.