Roadha Mihaaru
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

23 މެއި 2021

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މިފަހަރު ފުރުސަތު ހުޅުވާލީ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ކޮމިއުނިޓީ ފަންޑުން އެހީ ފޯރުކޮށްދޭނެ ޕްރޮޖެކްޓުތައް ހޮވުމަށެވެ. އެހެންކަމުން މި ފުރުސަތު ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ޕްރޮޕޯސަލެއް ހޮވާނެ އެވެ.

ކޮމިއުނިޓީ ފަންޑަށް އަމިއްލަ ފަރުދުންނާއި ރަށްރަށުގެ ޖަމިއްޔާތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ. މި ޕްރޮޕޯސަލްތައް ވާން ޖެހޭނީ ތައުލީމާއި، ކުޅިވަރު އަދި ތިމާވެށްޓާ ގުޅުންހުރި ކަންކަން ހިމެނޭ ޕްރޮޕޯސަލްތަކަށް ވާން ޖެހޭނެ އެވެ. މި ފިޔަވަހީގައި ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގެ ހިމެނޭ ޕްރޮޖެކްޓު ހިންގުމަށް ބޭންކުން 50،000ރ. ދޭނެ އެވެ.

މި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ މީހުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ 11:59ގެ ކުރިން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ބޭންކަށް ހުށަހަޅަން ޖެހޭނެ އެވެ. މި ލިޔެކިޔުންތައް ބޭންކުގެ އީމެއިލް community@bml.com.mv މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ބީއެމްއެލުން ވަނީ މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 45 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.