23 މާޗް 2022
އަސާސީ ބޭނުންތައް ފުއްދަން ދަތި ތިން އާއިލާއަކަށް ހިލޭ ގެ އަޅައިދޭން ބީއެމްއެލުން ހުޅުވާލި ފުރުސަތުގައި ފޯމު ލުމުގެ މުއްދަތު ހަމަވާތީ ވީހާވެސް އަވަހަށް ފޯމު ހުށަހަޅަން އެ ބޭންކުން މިއަދު ހަނދާން ކޮށްދީފި އެވެ.
އަސާސީ ބޭނުންތައް ފުއްދަން ދަތި ތިން އާއިލާއަކަށް ހިލޭ ގެ އަޅައިދޭން ބީއެމްއެލުން ހުޅުވާލި ފުރުސަތުގައި ފޯމު ލުމުގެ މުއްދަތު ހަމަވާތީ ވީހާވެސް އަވަހަށް ފޯމު ހުށަހަޅަން އެ ބޭންކުން މިއަދު ހަނދާން ކޮށްދީފި އެވެ.
ބީއެމްއެލްގެ ހައުސިން ގްރާންޓުގެ ދަށުން ގެ އަޅައިދޭނީ ކުރިމަތިލާ މީހުންގެ ތެރެއިން ބޭންކުން ބެލުމަށް ފަހު އެންމެ ބޭނުން ޖެހިފައި ތިބި ތިން އާއިލާއަކަށެވެ. އެ އާއިލާތަކުގެ ނަން ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަމިއްލަ ޖަމިއްޔާތަކަށާއި ކައުންސިލްތަކަށެވެ.
ނޮމިނޭޓް ކުރަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތާއެކު މި މަސް ނިމުމުގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމު ހުށަހަޅާނީ housinggrant@bml.com.mv އަށެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އެ ޕްރޮޖެކްޓުގެ ދަށުން އާއިލާތަކަށް އެހީވުމުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ބޭންކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން އިއުލާން ކުރި ގްރާންޓެކެވެ. އަހަރީ ދުވަހާ ގުޅިގެން މުޖުތަމައަށް ފައިދާހުރި 12 ހަރަކާތެއް ހިންގާނެ އެވެ.
މިހާތަނަށް ބޭންކުން ފަށާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސްކޮލާޝިޕް ފަންޑާއި ނޭޝަނަލް ލައިބްރަރީ ތަރައްގީ ކުރުމާއި އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަ ގްރާންޓް ހިމެނެ އެވެ.
ގެދޮރު އަޅަން ދޭ ލޯނަށް އަންނަ މަހު ހުޅުވާލަނީ
މާލޭގެ ދެ ގެއެއް ނީލަމުގައި ބޭންކުން ވިއްކާލަނީ
ބީއެމްއެލްގެ ހައުސިން ފައިނޭންސިންގެ މައުލޫމާތު ދެނީ
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި
ކޮމިއުނިޓީ ފަންޑުގެ އެހީ ފެލިދު އާއި ހެނބަދު އަށް
ބީއެމްއެލްގެ އެހީ ތަކަންދު އާއި ފޮނަދު އަށް
ބީއެމްއެލްގެ އެހީގައި ޅައިމަގުގައި ކޮމިއުނިޓީ ބީޗެއް
ބީއެމްއެލްގެ އެހީ ހަނިމާދޫ ސްކޫލަށް
ބީއެމްއެލްގެ އެހީ ފ. އަތޮޅު ސްކޫލަށް
ތިން އާއިލާއަކަށް ބީއެމްއެލުން ހިލޭ ގެ އަޅައިދެނީ