11 އެޕްރީލް 2022
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ވ. ފެލިދު އާއި ނ. ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ވ. ފެލިދު އާއި ނ. ހެނބަދޫގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި އެވެ.
އެ ފަންޑްގެ އެހީގައި ފެލިދޫގައި ވަނީ ކޮމިއުނިޓީ ޕިކްނިކް ސަރަހައްދެއް ހަދައިފަ އެވެ. އެއީ ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ޖަމިއްޔާ އިން ޕްރޮޕޯސަލް ހުށަހަޅައިގެން ހިންގި ޕްރޮޖެކްޓެކެވެ.
އެ ޕިކްނިކް ސަރަހައްދު ތަރައްގީ ކުރީ ރަށުގެ މީހުންގެ އިތުރުން އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި ކައިރި ރަށްރަށުން ދާ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ. އެތަން ބޭނުންކުރާ މީހުންނަަށް ތިބެވޭ ގޮތަށް އުނދޯއްޔާއި ޖޯލި ބަހައްޓާފައިވާއިރު، ބާބެކިއު ސްޓޭންޑް އަދި އައުޓްޑޯ ޝަވަރެއް ވެސް ހުރެ އެވެ.
ކޮމިއުނިޓީ ފަންޑުގެ އެހީގައި ހެނބަދޫގައި ހެދި ޕިކްނިކް ސަރަހައްދު-- ފޮޓޯ: ބީއެމްއެލް
ކޮމިއުނިޓީ ފަންޑުގެ ދަށުން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ހާމިދު ރަޝީދު ވަނީ ހެނބަދޫގައި ވެސް ބާބެކިއު ސަރަހައްދެއް ގާއިމުކޮށްފަ އެވެ. އެ ތަނުގައި ބާބެކިއު ސްޓޭންޑާއި ޖޯލި ފަތި އަދި ހޮޅުއަށި ބަހައްޓައި ކުޑަ ލައިބްރަރީއަކާއި މަސްކެނޑުމަށް ބޭނުންކުރާނެ އަށްޓެއް ވަނީ ހަދައިފަ އެވެ. އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވެސް ހުރެ އެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޖެކްޓަކަށް އެހީވެ އެވެ.
މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.
ހަތަރުވަނަ ކުއާޓާގައި ބީއެމްއެލްގެ އެހީ ފަސް ރަށަކަށް
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި
ބީއެމްއެލްގެ އެހީ ފ. އަތޮޅު ސްކޫލަށް
ބީއެމްއެލްގެ އެހީގައި ފޭދޫގައި "މާމަ، ކާފަ" ޕާކެއް
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީވެއްޖެ
ކޮމިއުނީޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ބީއެމްއެލުން 10 ސްކޫލެއްގެ ސެން ކްލާހަށް އެހީވެއްޖެ
ބީއެމްއެލްގެ ފަންޑުން އިތުރު ރަށްރަށަށް އެހީވަނީ