27 ޖެނުއަރީ 2020
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި، ބީއެމްއެލުން ފޯރުކޮށްދީފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި، ބީއެމްއެލުން ފޯރުކޮށްދީފި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ސެން ކްލާސްތަކަށް އެ ބޭންކުން ހަދިޔާކުރި ސާމާނަކީ އެ ކްލާސްތަކުގައި ކިޔަވާ ދަރިވަރުންގެ ހުނަރު ތަރައްގީކުރަން މުހިންމު ވަސީލަތްތަކެއް ކަމަށެވެ. އަދި މި އެހީ ފޯރުކޮށްދެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ވަސީލަތްތަކަކީ މި ކުދިންގެ ގާބިލިއްޔަތުކަމާއި، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް،" ސައީދު ވިދާޅުވި އެވެ.
ބީއެމްއެލްގެ މި އެހީގެ ސަބަބުން، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ކްލާސްތަކުގައި ކިޔަވައިދޭން އިތުރަށް ފަސޭހަތަކެއް ލިބޭނެ އެވެ. އެ ސްކޫލްތަކުގެ ސެން ކްލާސްތަކުގައި ގާތްގަޑަކަށް 300 އެއްހާ ކުދިން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
- ކެލާ ސްކޫލް
- އިހަވަންދޫ ސްކޫލް
- މިލަންދޫ ސްކޫލް
- ނ. އަތޮޅު ސްކޫލް
- މާފުށި ސްކޫލް
- ތޮއްޑޫ ސްކޫލް
- ތ. އަތޮޅު ސްކޫލް
- ގދ. ތިނަދޫ އަބޫބަކުރު ސްކޫލް
- ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލް
- ސ. ހިތަދޫ ޝަރަފުއްދީން ސްކޫލް
ތިނަދޫ އަބޫބަކުރު ސްކޫލް ސެން ކްލާހުގެ ދަރިވަރުންތަކެއް ބީއެމްއެލުން ހަދިޔާ ކުރި ތަކެތި ހިފަހައްޓައިގެން -- ފޮޓޯ: ބީއެމްއެލް
ބީއެމްލުން ކުރިއަށްގެންދާ "އަހަރެންގެ ބޭންކު" ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން 140 ޕްރޮޖެކްޓަކަށް ބީއެމްއެލުން އެހީވި އެވެ. މި އަހަރު ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދެ އެވެ.
އިހަވަންދޫ ސްކޫލްގެ ސެން ކްލާހުގެ ދަރިވަރުންތަކަކާ އެކު ބީއެމްއެލްގެ މުވައްޒަފަކު ކުޅެނީ-- ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ 20 ރަށެއްގައި މުޖުތަމައަށް ފައިދާކުރާނެ ހަރަކާތްތައް ހިންގަން ބީއެމްއެލުން ވަނީ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި
ކޮމިއުނިޓީ ފަންޑުގެ އެހީ ފެލިދު އާއި ހެނބަދު އަށް
ބީއެމްއެލްގެ ސްކޮލަޝިޕަށް އެދެން ހަނދާން ކޮށްދީފި
ބީއެމްއެލްގެ އެހީ ފ. އަތޮޅު ސްކޫލަށް
ބީއެމްއެލްގެ އެހީގައި ފޭދޫގައި "މާމަ، ކާފަ" ޕާކެއް
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ހަތަރުވަނަ ކުއާޓާގައި ބީއެމްއެލްގެ އެހީ ފަސް ރަށަކަށް
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީވެއްޖެ
ކޮމިއުނީޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި