މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ މީހުންނަށް ބީއެމްއެލް އިން ހުޅުވާލި ސްކޮލަޝިޕް ފަންޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހަށް ހަމަވާތީ ފޯމު ހުށަހަޅަން އެ ބޭންކުން ހަދާންކޮށްދީފި އެވެ.
04 އެޕްރީލް 2022
މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ މީހުންނަށް ބީއެމްއެލް އިން ހުޅުވާލި ސްކޮލަޝިޕް ފަންޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހަށް ހަމަވާތީ ފޯމު ހުށަހަޅަން އެ ބޭންކުން ހަދާންކޮށްދީފި އެވެ.
މިދިޔަ ފެބްރުވަރީ މަހު ހުޅުވާލި އެ ފަންޑުން ސްކޮލަޝިޕް ދެނީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމަށެވެ. އެ ފަންޑުގެ ދަށުން، ރައްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރަން ހުރިހާ ހަރަދެއް ލިބޭނެ އެވެ.
ބޭންކުން އެ ސްކޮލަޝިޕް ދޭން ނިންމާފައިވަނީ ކުރިމަތިލާ މީހުންގެ ތެރެއިން ތިން މީހަކަށެވެ. އޭލެވެލްގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18-25 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް އެ ފަންޑަށް އެދި ފޯމު ހުށަހެޅޭނެ އެވެ.
އެ ސްކޮލަޝިޕް ފަންޑުގެ ދަށުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ އާއި ރިސްކް މެނޭޖްމަންޓާއި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް އާއި ފައިނޭންޝަލް އިންޖިނިއަރިން ފަދަ ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅޭނެ އެވެ. އެ ފަންޑުގެ ދަށުން ޓިއުޝަން ފީ އާއި މަހުން މަހަށް ހިނގާނެ ހަރަދާއި ވިސާ ފީ އާއި ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ވެސް ދޭނެ އެވެ.
ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން scholarships@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބީއެމްއެލުން އެދެ އެވެ. ސްކޮލަޝިޕް ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ https://www.bankofmaldives.com.mv/bml-scholarship-fund އިން ބަލައިލެވޭނެ އެވެ.
ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގާ ހަރަކާތެކެވެ. އެ ދުވަހާ ހަމަޔަށް މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތެއް ހިންގަން ބޭންކުން ވަނީ ނިންމާފަ އެވެ.
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ބީއެމްއެލުން 10 ސްކޫލެއްގެ ސެން ކްލާހަށް އެހީވެއްޖެ
އޭބީއޭގެ ކޮންފަރެންސް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި
ބީއެމްއެލްއިން އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަނެއް
ހދ. ގެ ހުރިހާ ރަށަކަށް މި ހަފްތާގައި އޭޓީއޭމް
މާލީ ދާއިރާ ހަރުދަނާކުރަން ބީއެމްއެލްއިން އެއްބަސްވުމެއް
ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލް ކާޑުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ވިޔަފާރިތަކުގެ ޓީޓީއަށް ޑޮލަރުދޭ ވަރު އިތުރުކޮށްފި