Roadha Mihaaru
ބީއެމްއެލްގެ އެހީ ފ. އަތޮޅު ސްކޫލަށް

ބީއެމްއެލްގެ އެހީއާ އެކު ފ. އަތޮޅު ސްކޫލުގައި ރީޑިން ކޯނަރެއް

02 މާޗް 2022

ބީއެމްއެލްގެ، "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ފ. އަތޮޅު ސްކޫލުގައި ދަރިވަރުން ކިޔެވުމަށާއި ކުޅުމަށް ހާއްސަ ތަނެއް ހަދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ، "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ފ. އަތޮޅު ސްކޫލުގައި ދަރިވަރުން ކިޔެވުމަށާއި ކުޅުމަށް ހާއްސަ ތަނެއް ހަދައިފި އެވެ.

"ފަހި މާހައުލު" ގެ ނަމުގައި ހުޅުވި މިތަން ހަދަން ޕްރޮޕޯސަލް ހުށަހެޅީ އެ ރަށުގެ ރައްޔިތެއް ކަމަށްވާ ފަތުހުﷲ ޝާތިރެވެ. އެއީ ކުޑަކުދިންގެ ހިތުގައި ފޮތް ކިޔުމަށް ޝައުގުވެރިކަން އުފެއްދުމަށް ފަހި މާހައުލެއް ގާއިމްކުރަން ހުޅުވި ތަނެއް ކަމަށް އޭނާ ބުންޏެވެ.

އެ ތަން ހަދާފައިވަނީ އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގަ އެވެ. އެތަނުގައި ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ބީއެމްއެލް އިން ވަނީ ބަހައްޓައިފަ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓުތައް ހިންގުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. އެ ފަންޑުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގަން 50،000ރ. ގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.