Roadha Mihaaru
މި ޒުވާނުން ފަލަސްތީނުގެ 2،000 ދިދަ ބަހައިފި

މި ޒުވާނުން ފަލަސްތީނުގެ 2،000 ދިދަ ބަހައިފި

18 މެއި 2021

ފަލަސްތީނުގެ ދިދައެއް މިއަދު ލިބޭނީ ނަސީބު ހުރި މީހަކަށެވެ. އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅުހަދައި ފަލަސްތީނާ އެކުގައި ތިބިކަން ހާމަކުރުމަށް ބާއްވާ އިވެންޓަށް ދިދަ ހޯދަން ބޭނުންވާ މީހުން ކުއްލިއަކަށް ގިނަވީ އެވެ. ދިދަ ހިލޭ ބަހާ މީހުންނާއި ވިއްކާ މީހުން ވެސް އެބަ އުޅެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ޒުވާނުން ނުކުމެ ދިދަތައް ބަހާލީ އެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މާލޭގައި ބާއްވާ ހަރަކާތަށް ހިލޭ ދިދަ ބެހި ޒުވާނުން.--

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މާލޭގައި ބާއްވާ ހަރަކާތަށް ހިލޭ ދިދަ ބެހި ޒުވާނުން.--

ދިދަ ހޯދަނީ މިއަދު ހަވީރު 4:00 ގައި ކޮންމެ މީހަކު ވެސް އެ މީހަކު ހުރި ތަނަކުން ޝުއޫރު ފާޅުކުރާ ގޮތަށެވެ. ކޮންމެ ގެއަކުން ވެސް ފަލަސްތީނު ދިދަ އާއި ދިވެހި ދިދަ ހިފައިގެން ދޮރުމައްޗަށް ނުވަތަ ބެލްކަންޏަށް ނުކުތުމަށް ވަނީ އެދިފަ އެވެ.

ޒުވާނުންތަކެއް ރަސްފަންނުގައި އާންމުންނަށް ފަލަސްތީނުގެ ދިދަ ބަހަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޒުވާނުންތަކެއް ރަސްފަންނުގައި އާންމުންނަށް ފަލަސްތީނުގެ ދިދަ ބަހަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މި ޒުވާނުން ވަނީ ރަސްފަންނާއި ހެންވޭރު އާޓިފިޝަލް ބީޗު އަދި ހުޅުމާލޭގައި ވެސް ދިދަ ބަހައިފަ އެވެ. އަދި ގޭގެއަށް ގޮސްގެން ވެސް ދިދަ ބެހި އެވެ.

މާލެ-ހުޅުމާލެ އެމްޕީއެލް ބަހުގައި ފަލަސްތީނު ދިދަ ހަރުކޮށްފައި ހުރި އިރު ބަހުގެ ތެރޭގައި ހުރި މީހަކު ފަލަސްތީނުގެ ދިދަ ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލެ-ހުޅުމާލެ އެމްޕީއެލް ބަހުގައި ފަލަސްތީނު ދިދަ ހަރުކޮށްފައި ހުރި އިރު ބަހުގެ ތެރޭގައި ހުރި މީހަކު ފަލަސްތީނުގެ ދިދަ ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑުމެން ބޭނުންވާ އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު މިކަމާ އަޑުއުލުމަށް،" ދިދަ ބެހުމުގައި އުޅުނު ޒުވާނަކު ބުންޏެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ދަތުރުކުރާ އެމްޕީއެލްގެ ބަސްތަކާއި ޓެކްސީތަކާއި އަދި އާންމުންގެ ސައިކަލުތަކާއި ގޭގެ ބޭރުގައި ވެސް ފަލަސްތީނުގައި ދިދަ މިއަދު ހަރުކޮށްފައި އެބަހުއްޓެވެ.

ޒުވާނުންތަކެއް ރަސްފަންނުގައި އާންމުންނަށް ފަލަސްތީނުގެ ދިދަ ބަހަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޒުވާނުންތަކެއް ރަސްފަންނުގައި އާންމުންނަށް ފަލަސްތީނުގެ ދިދަ ބަހަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.

ދިދަ ބަހަނީ: ފަލަސްތީނު ދިދަ އަށް މިހާރު ޑިމާންޑް ބޮޑު. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ދިދަ ބަހަނީ: ފަލަސްތީނު ދިދަ އަށް މިހާރު ޑިމާންޑް ބޮޑު. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ، ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލު ފުލުހުން ވަނީ އަގްސާ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބާ އެތަނަށް ވަދެގަނެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ދަނީ ޝަހީދުވަމުންނެވެ.