19 ނޮވެމްބަރ 2016
މޯލްޑިވިއަން އަކީ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގައި ވާދަކުރި އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމުގެ މައްޗަށް ކުރި ހޯދައި ދިވެހި ސިފައިންގެ ކްލަބަށް ލީގު ކާމިޔާބުކުރެވުނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.
މޯލްޑިވިއަން އަކީ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގައި ވާދަކުރި އެންމެ ވަރުގަދަ ޓީމު ކަމަށާއި އެ ޓީމުގެ މައްޗަށް ކުރި ހޯދައި ދިވެހި ސިފައިންގެ ކްލަބަށް ލީގު ކާމިޔާބުކުރެވުނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.
ސިފައިން ލީގު ޗެމްޕިއަންކަން ހޯދީ ފަހު މެޗުގައި ރޭ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަލީ ހުޒާމާއި އަލީ އާމިރު (ދިގުއައްޔަ) ފަދަ ކުޅުންތެރިން ހިމެނުނު މޯލްޑިވިއަންގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ.
އަދީލް ބުނީ ފުރަތަމަ ބުރުގެ މެޗުން މޯލްޑިވިއަން އަތުން މޮޅުވެފައި އޮތުމުން ރޭގެ މެޗަށް ނުކުތީ އިތުބާރާ އެކު ކަމަށާއި އެކަމަކު ތަފާތަކީ ކުޅުންތެރިން ކުރި މަސައްކަތް ކަމަށެވެ.
"މޯލްޑިވިއަން އަކީ ހުރިހާ ޑިޕާޓްމަންޓެއް ވަރަށް ވަރުގަދަ ވަރަށް ބެލެންސް ޓީމެއް. އެކަމަކު އަޅުގަނޑުމެންނަށް ކާމިޔާބު ލިބުނީ ޓީމެއްގެ ގޮތުގައި ކުރި ހިތްވަރުން. އަޅުގަނޑުމެންނަކީ އިންޑިވިޖުއަލީ މާ މޮޅު ޓީމެއް ނޫން. އެކަމަކު ޓީމް ވޯކުގެ ސަބަބުން ކުރި ހޯދުނީ،" މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި އަދީލް ބުންޏެވެ.
އޭނާ ބުނީ ޓީމުގައި ތިބީ މަދު ކުޅުންތެރިންތަކަށް ވެފައި ކައިރިކައިރީގައި މެޗުތަކެއް ކުޅެން ޖެހުމުން ވަރަށް ބުރަ ކަމަށާއި އެ ހުރިހާ ކަމަކާ އެކު ލީގު ކާމިޔާބުކުރެވުމުން ބޮޑު އުފަލެއް ލިބިއްޖެ ކަމަށެވެ. ގައުމީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މާދަމާރޭ މޯލްޑިވިއަނާ ދެކޮޅަށް ނުކުންނައިރު އަދީލް ބުނީ ސިފައިންގެ ޓީމުން ނުކުންނާނީ ގައުމީ މުބާރާތުގައި ވެސް މި ކާމިޔާބީ ތަކުރާރުކުރަން ކަމަށެވެ.
"ވަރަށް ވާދަވެރި މުބާރާތެއް ނިމިގެން ދިޔައީ ވެސް. އެންމެ ފަހު މެޗުން ޑިސައިޑް މިވީ ލީގު ޗެމްޕިއަންކަން. އަޅުގަނޑުމެންގެ އުއްމީދަކީ މި މުބާރާތުގައި ދެއްކި މޮޅު ކުޅުން ގައުމީ މުބާރާތުގައި ވެސް ތަކުރާރުކޮށް އެކުވެރިކަމާ އެކު ޓީމެއްގެ ގޮތުގައި ކުޅެ ތަށި ކާމިޔާބުކުރުން،" އަދީލް ބުންޏެވެ.
ޕޮލިހާއި ސިފައިން މޮޅަކުން ގައުމީ ވޮލީ ލީގު ފަށައިފި
މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ
ސިފައިނަށް މޮޅެއް، މޯލްޑިވިއަން ރެކޯޑް ދަމަހައްޓައިފި
އެޑަމް: އަނެއްކާ ވެސް ވޮލީބޯޅައިން އާ ތަރިއެއް!
ގައުމީ ވޮލީބޯޅަ ލީގު ޗެމްޕިއަންކަން ސިފައިން ހޯދައިފި
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ލީގު ޗެމްޕިއަންކަން ވެމްކޯއަށް
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް
ސިފައިން އަލުން ވޮލީގެ ރަސްކަމަށް
ލީގު ހޯދަން ސިފައިންނަށް ކުޑަ އިންތިޒާރެއް