19 ނޮވެމްބަރ 2016
އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ރޭ މޯލްޑިވިއަން އާއި ދިވެހި ސިފައިންގެ ކްލަބް ކުޅުނުއިރު ދެ ޓީމުގައި ތިބީ ރާއްޖޭގެ އެންމެ ހުނަރުވެރި ތަރިންނެވެ. ސިފައިންގެ ޓީމު މެޗުން މޮޅުވުމުގެ އެއް ސިއްރަކީ އެ ކުޅުންތެރިންނާ އެއް ހަމައެއްގައި ކުޅެ އަދި މުހިއްމު ވަގުތު ތަފާތު ދެއްކި އުއްމީދީ ކުޅުންތެރިޔާ ދިވެހި ސިފައިންގެ ކްލަބުގެ އާދަމް ނަސީމެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުމަކީ އޭނާ ދެއްކި ކުޅުމާއި ކުރި މަސައްކަތުގެ ހައްގު އިނާމެވެ.
އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ރޭ މޯލްޑިވިއަން އާއި ދިވެހި ސިފައިންގެ ކްލަބް ކުޅުނުއިރު ދެ ޓީމުގައި ތިބީ ރާއްޖޭގެ އެންމެ ހުނަރުވެރި ތަރިންނެވެ. ސިފައިންގެ ޓީމު މެޗުން މޮޅުވުމުގެ އެއް ސިއްރަކީ އެ ކުޅުންތެރިންނާ އެއް ހަމައެއްގައި ކުޅެ އަދި މުހިއްމު ވަގުތު ތަފާތު ދެއްކި އުއްމީދީ ކުޅުންތެރިޔާ ދިވެހި ސިފައިންގެ ކްލަބުގެ އާދަމް ނަސީމެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުމަކީ އޭނާ ދެއްކި ކުޅުމާއި ކުރި މަސައްކަތުގެ ހައްގު އިނާމެވެ.
ބީޗް ވޮލީބޯޅައިން ފާހަގަކުރެވުނު އެޑަމް ވަނީ ރޭގެ މެޗުގެ އިތުރުން ސްޓެލްކޯ އާއި ސްޕޯޓްސް ކްލަބް ސިޓީ އަދި ޕޮލިސް ކްލަބާ ދެކޮޅަށް ސިފައިން ކުޅުނު މެޗުތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. މިއީ އޭނާ ކުރިން އުއްމީދު ކުރި ހިސާބެއް ހެއްޔެވެ؟
"އުއްމީދު ކުރިން މޮޅަށް ކުޅެ މޮޅު ވަނައެއް ހޯދަން. އެކަމަކު ބެސްޓް ޕްލޭޔާގެ މަގާމް ލިބިދާނެ ކަމަށް ހީނުކުރަން،" ރ. ކިނޮޅަހަށް އުފަން އުމުރުން 24 އަހަރުގެ އެޑަމް ބުންޏެވެ. "ވަރަށް އުފާވޭ މިފަދަ ކާމިޔާބެއް ލިބުނީމާ. މޯލްޑިވިއަން ފެންވަރުގެ ޓީމަކާ ދެކޮޅަށް ކުޅެ މިވަރުގެ ފަހުރެއް ލިބުމަކީ ބޮޑު އުފަލެއް."
އެޑަމް ބުނީ ބީޗް ވޮލީބޯޅަ ކުޅެފައިވުމަކީ އެޑްވާންޓޭޖެއް ކަމަށާއި އެގޮތުން ޑިފެންސްކޮށް ރިސީވްކުރާއިރު އޭނާ އަށް އެހެން ކުޅުންތެރިންނަށް ވުރެ ބޮޑަށް ފައިދާ ނެގޭ ކަމަށެވެ. ކުރިމަގުގައި އޭނާ ވިސްނައިގެން ހުރީ ފުރުސަތު ލިބުނު ކޮންމެ ދިމާލަކުން ވެސް ކުރިއަށްދާން ތައްޔާރަށެވެ. އެކަމަކު މިވަގުތު ހުރިހާ ސަމާލުކަމެއް ހުރީ ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތަށެވެ.
"އިރާދަކުރެއްވިއްޔާ މޮޅަށް ކުޅެގެން ބަލިކުރާނަން މޯލްޑިވިއަން. އުއްމީދަކީ ތަށި ހޯދުން،" އެޑަމް ބުންޏެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ އާދަމް ނަސީމް (ވ) އަށް ސިފައިންގެ ކްލަބުގެ ރައީސް ކާނަލް އިބްރާހިމް ރަޝީދު އިނާމް ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ސިފައިންގެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ އެޑަމް އަކީ ފުރުސަތު ނުލިބިފައި ހުރި ކުޅުންތެރިޔެއް ކަމަށާއި ފުރުސަތު ލިބުމުން އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުން އަންނަ ކަމަށެވެ.
"އޭނާ އެދަނީ ފެންވަރު ސާބިތުކޮށްދެމުން. ވަރަށް ޑިސިޕްލިން ވެސް ރަނގަޅު ކުޅުންތެރިޔެއް އެޑަމަކީ. ވަރަށް އުއްމީދުކުރެވޭ އޭނާއާ މެދު،" އައުޓް ސައިޑް އެޓޭކަރަކަށް ކުޅޭ ކުޅުންތެރިޔާއާ ބެހޭގޮތުން އަދީލް ބުންޏެވެ.
އެޑަމް އަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ހޯދައިދިން ވޮލީބޯޅަ ކޯޗު އަދުނާން އަބްދުއްރަހީމް (ނާނު) ފާހަގަކުރި ގޮތުގައި އެޑަމް އަކީ ކުޅޭ ހިތުން ކުޅޭ އަދި އަމިއްލަ އަށް ވެސް ކުރިއެރުން ހޯދަން މަސައްކަތްކުރާ ކުޅުންތެރިޔެއް ކަމަށެވެ.
"މުބާރާތެއް ނެތަސް އައުޓްޑޯ އަށް ވެސް ދާނެ ކުޅެން ބީޗް ވޮލީ އަށް ވެސް ދާނެ. އެގޮތަށް އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދާ ކުޅުންތެރިޔެއް އޭނާ އަކީ،" ނާނު ބުންޏެވެ.
ހުނަރުވެރި ކުޅުންތެރިން އެންމެ ގިނައިން އުފައްދާ އެއް ކުޅިވަރަށް ވޮލީބޯޅަ ވެފައިވާއިރު އެޑަމަކީ ވޮލީބޯޅައިގެ ހުނަރުވެރިންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމެވެ.
އެޑަމް ހުރިހާ ގޮތަކުން ވެސް ތަފާތު ދައްކައިފި
ޕޮލިހާއި ސިފައިން މޮޅަކުން ގައުމީ ވޮލީ ލީގު ފަށައިފި
މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ
ސިފައިނަށް މޮޅެއް، މޯލްޑިވިއަން ރެކޯޑް ދަމަހައްޓައިފި
"ސިފައިންގެ ޓީމުގެ ތަފާތަކީ ޓީމެއްގެ ގޮތުގައި ކުޅުން"
ގައުމީ ވޮލީބޯޅަ ލީގު ޗެމްޕިއަންކަން ސިފައިން ހޯދައިފި
ސިފައިން ބަލިކޮށް ވީއޭއެމް ކަޕް އެޗްޑީސީ ކާމިޔާބުކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ލީގު ޗެމްޕިއަންކަން ވެމްކޯއަށް
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް
ރަނަކީ ރާއްޖޭގެ ވޮލީ އަށް ލިބުނު އިތުބާރެއް: އެޑަމް