Roadha Mihaaru
މާލެ ސިޓީ ކައުންސިލްގެ ހުވާކުރުން ސަލްޓަން ޕާކުގައި

މާލެ ސިޓީ ކައުންސިލްގެ އާ މެންބަރުން ހުވާކުރުން ސަލްޓަން ޕާކުގައި

16 މެއި 2021

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބުވެފައިވާ މޭޔަރައި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބުވެފައިވާ މޭޔަރައި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފި އެވެ.

މި ރަސްމިއްޔާތު އޮންނަނީ މާދަމާ ހެނދުނު 9:00 ގަ އެވެ.

ކޮވިޑް-19 ފެތުރޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ރަސްމިއްޔާތު ކުރިއަށް ގެންދާނީ އާންމުންނަށް ނުވަދެވޭ ގޮތަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް މި ރަސްމިއްޔާތު ޓީވީއެމް އާއި ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކުރައްވައި ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓުގެ ތާއީދާ އެކުގަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް އިންތިހާބުވި މެމްބަރުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް އިންތިހާބުވި މެމްބަރުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މިފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމްލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖޫމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް މާދަމާ އޮންނާނެ އެވެ. މި ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ އޮންލައިކޮށެވެ.