ލަންޑަން (15 މެއި) - މެޗުގެ ދެވަނަ ހާފުގައި ޔޫރީ ޓިއެލްސަމަންސް ކާމިޔާބުކުރި ލަނޑާއެކު، އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ އަތުން 1-0 އިން މޮޅުވެ، ލެސްޓާ ސިޓީ އެފްއޭ ކަޕްގެ ތަށި އުފުލާލައިފި އެވެ. މިއީ ލެސްޓާ އެފްއޭ ކަޕްގެ ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ލަންޑަން (15 މެއި) - މެޗުގެ ދެވަނަ ހާފުގައި ޔޫރީ ޓިއެލްސަމަންސް ކާމިޔާބުކުރި ލަނޑާއެކު، އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ އަތުން 1-0 އިން މޮޅުވެ، ލެސްޓާ ސިޓީ އެފްއޭ ކަޕްގެ ތަށި އުފުލާލައިފި އެވެ. މިއީ ލެސްޓާ އެފްއޭ ކަޕްގެ ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލްގެ ހަމައެކަނި ލަނޑު ޓިއެލްސްމަންސް ކާމިޔާބުކުރީ މެޗުގެ 63 ވަނަ މިނިޓުގަ އެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ބޭރުން ޓިއެލްސްމަންސް ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ގޯލު ބަަލަހައްޓަން ހުރި ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އަށް އެ ބޯޅަ ދިފާއުކުރުމުގެ ފުރުސަތެއް ނުލިބުނެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލެސްޓާގެ ތަޖުރިބާކާރު ޑިފެންޑަރު ވެސް މޯގަން އަތުން މެޗުގެ ފަހުކޮޅު ބައިކޮޅަށް ވަތް ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވި ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، ވީއޭއާރް އިން ބެލުމަށް ފަހު، ނިންމީ އެ ލަނޑުގައި ޗެލްސީގެ ކުޅުންތެރިއެއް އޮފްސައިޑް ކަމަށެވެ.
އޭގެ ކުރިން ޗެލްސީގެ މޭސަން މައުންޓާއި ބެން ޗިލްވެލް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް، ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝްމައިލަކް ވަނީ ދިފާއުކޮށްފަ އެވެ.
މިއީ އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. އެކަމަކު ޗެލްސީ އަށް މި ސީޒަންގައި އަދި ތައްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ. މި މަހުގެ 29 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ. -- އޭއެފްޕީ
ލެސްޓާ އެފްއޭ ކަޕްގެ ފައިނަލަށް
ލެސްޓަ ސިޓީގެ ކޯޗު ނިސްޓެލްރޫއީ މަގާމާ ދުރަށް
ލިވަޕޫލަށް ސިހުންގެނައި ޕްލިމައުތަށް ލައްވާލީ ސިޓީ
ފުލުގައި އޮތް ޕްލިމައުތުން ލިވަޕޫލު ކަޓުވާލައިފި
އާސެނަލް ކެޓުމުން ހަވާޓްޒްގެ އާއިލާއަށް މަރުގެ އިންޒާރު
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ
ލެސްޓާގެ ހުއްދައާއެކު ޗެލްސިން މަރެސްކާއާ ވާހަކަދައްކަނީ
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް