މީގެ ދެ ތިން މަސް ކުރިން މާލެ އައި ހދ. ނޮޅިވަރަމްފަރުގެ ޒުވާނެއްގެ ޚަބަރެއް ނުވެ މަސް ދުވަސް ވުމުން ފުލުހުން އޭނާ ހޯދަން ފަށައިފި އެވެ.
14 މެއި 2021
މީގެ ދެ ތިން މަސް ކުރިން މާލެ އައި ހދ. ނޮޅިވަރަމްފަރުގެ ޒުވާނެއްގެ ޚަބަރެއް ނުވެ މަސް ދުވަސް ވުމުން ފުލުހުން އޭނާ ހޯދަން ފަށައިފި އެވެ.
އާއިލާގެ އެދުމުގެ މަތިން ފުލުހުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ ނޮޅިވަރަމްފަރު މޯނިންސަން، މިސްބާހު މުހައްމަދެވެ. ފުލުހުން ބުނިގޮތުގައި އުމުރުން 25 އަހަރުގެ އެ ޒުވާނާ މިދިޔަ މަހުން ފެށިގެން ވަނީ ގެއްލިފަ އެވެ.
ނޮޅިވަރަމްފަރު ކައުންސިލުން މިއަދު ބުނީ، އާއްމު ގޮތެއްގައި އެ ރަށުގައި ދިރިއުޅޭ އެ މިސްބާހުގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާ އިން ފުލުހުންނަށް އެންގީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ. އޭގެ ކުރިން، އާއިލާ އިން ވަނީ މިސްބާހު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
"މާލޭގައި ދިރިއުޅޭ އާއިލާގެ މީހުންނާއި ރަށުގެ މީހުންނަށް ވެސް ގުޅައިގެން އޭނާވީ ތަނެއް ބެލި. އެކަމަކު އޭނާވީ ތަނެއް އެކަކަށް ވެސް ނޭނގޭ،" ނޮޅިވަރަމްފަރު ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
"މަސް ދުވަސް ވެއްޖެ ކަމަށް ވަނީ އޭނާގެ ޚަބަރެއް ނުވާތާ"
އެއީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ރަށުގައި އެކި ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ކައުންސިލުން ބުންޏެވެ. އާއިލާއާ އެކު ދިރިއުޅޭ މިސްބާހު މާލެ އައީ ކީއްކުރަން ކަމެއް ނޭނގެ އެވެ.
"ފޯނަކަށް ވެސް ނުގުޅޭ. އޭނާ ދުށް މީހަކު ވެސް ނޫޅޭ. އެހެންވެ، އާއިލާ އިން ފުލުހަށް އެންގީ،" ޒުވާނާގެ މައުލޫމާތު އެނގޭ ނޮޅިވަރަމްފަރު މީހަކު ބުންޏެވެ.
ފުލުހުން އެދެނީ މިސްބާހުގެ ޚަބަރެއް ވެއްޖެ ނަމަ 3322111 ނުވަތަ 9631696 ނަމްބަރަށް ގުޅުމަށެވެ.
މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަފުތާއެއް
ހޯދަމުން ދިޔަ މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު ކުއްޖާ މަގުމަތިން ފެނިއްޖެ
ކުޑަކުއްޖަކު ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެ
މާވަށުގައި މީހަކު މަރާލަން ބޭނުންކުރި ވަޅި ހޯދައިފި
ގެއްލުނު ޔާމީން ވަނީ ބްރިޖުން މޫދަށް ފުންމާލާފައި
ޔާމީން ގެއްލުން: ގިނަ އަދަދެއްގެ ކެމެރާ ބަލަނީ
މާލެ އިން ގެއްލުނު ޔާމީން އަދިވެސް ނުފެނޭ
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަން އިއުލާންކުރި މީހާ ފެނިއްޖެ