13 މެއި 2021
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހުގެ ދުވަސްތަކުގެ ތެރޭގައި ބްލެކްލިސްޓްކުރި ޗައިނާގެ ޝޯމީ އެ ލިސްޓުން ސަލާމަތްވެއްޖެ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހުގެ ދުވަސްތަކުގެ ތެރޭގައި ބްލެކްލިސްޓްކުރި ޗައިނާގެ ޝޯމީ އެ ލިސްޓުން ސަލާމަތްވެއްޖެ އެވެ.
އެ ކުންފުންޏަކީ "ކޮމިއުނިސްޓް ޗައިނާގެ އަސްކަރީ ކުންފުންޏެއް" ކަމަށް ބުނެ ޓްރަމްޕްގެ ސަރުކާރުން ޝޯމީ ބްލެކްލިސްޓްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޝޯމީ އަކީ ފޯނު އުފައްދާ ކުންފުނިތަކުގެ ތެރޭގައި އެންމެ ނަގާކިޔާ އެއް ކުންފުންޏެވެ.
އެމެރިކާ އިން އެ ކުންފުނި ބްލެކްލިސްޓްކުރުމާ ގުޅިގެން ސަރުކާރަށް ޝޯމީ އިން ދައުވާ ވެސް ކުރި އެވެ. އަދި އެ މައްސަލާގައި ވާހަކަ ދައްކައިގެން ހައްލު ހޯދުމުގެ ފުރުސަތު ދީފައިވާ ކަމަށް އޭރު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ބުނެފައިވެ އެވެ. އެއާ އެކު ޝޯމީ ބްލެކްލިސްޓްކުރުން ހުއްޓުވަން އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން މިދިޔަ މާޗް މަހު އަމުރެއް ވެސް ނެރުނެވެ. އަދި އެކަމާ ގުޅިގެން މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މައްސަލަ އިސްތިއުފާނެއް ވެސް ނުކުރެ އެވެ.
އެމެރިކާގެ ބްލެކްލިސްޓުން ޝޯމީ ސަލާމަތްވި އިރު، އެ ކުންފުނީގެ ސީއީއޯ ރެން ޒެންފީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފައި ވަނީ އާ ސަރުކާރާ މެދު ކުރެވޭ އުންމީދުތައް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވާވޭ ބޭނުން ވަނީ އެމެރިކާގެ އާ ސަރުކާރާ އެކު ވާހަކަ ދައްކައިގެން ހައްލުތައް ހޯދައިގެން ވިޔަފާރީގައި ކުރިއަށް ދާށެވެ.
ޓްރަމްޕްގެ ވެރިކަމުގައި ޗައިނާގެ ވަރަށް ގިނަ ކުންފުނިތަކަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ ވާވޭ އެވެ.
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
އަނެއްކާވެސް ޓްރަމްޕް/ބައިޑެންގެ ކުރިމަތިލުމަކަށް ވެދާނެ
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ބައިޑެން ރިއާސީ އިންތިޚާބަށް ކެމްޕޭން ފައްޓަވައިފި
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ރަތް ރޮނގު ހުރަސް ނުކުރަން ދެންނެވިން: ރައީސް ޝީ