Roadha Mihaaru
އިތުބާރު ގެެއްލުވާލިޔަސް ޝާމިލްވާ އެންމެން ހާމަކުރާނެ: މުއިއްޒު

ބޮޑު ހިޔާނާތް: އިތުބާރު ގެއްލުވައިލިޔަސް ޝާމިލްވާ އެންމެން ހާމަކުރާނެ: މުއިއްޒު

12 މެއި 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ދިރާސާކުރާއިރު، އެ ލިސްޓުގެ އިތުބާރު ގެއްލުވައިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ކަމުގައި ޝާމިލްވާ އެންމެންގެ ލިސްޓު އާންމު ކުރައްވާނެ ކަމަށް އެ ކޮމިޓީަގއި ހިމެނިވަޑައިގަންނަނަވާ މެމްބަރަކު ރޭ ވިދާޅުވެއްޖެ އެވެ.

"އެމްއެމްޕީއާރުސީގެ ލިސްޓް އާންމު ކުރުމަށް ހުރަސް އެޅުމަށާއި އިތުބާރު ގެއްލުވާލުމަށް ކިތަންމެ އަސްލެއް ނެތް ލިޔުންތަކެއް ހަދައި ނެރުނަސް، މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންގެ ލިސްޓް އާންމު ކުރާނެ،" ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓެއް ސޯޝަލް މީޑިއާގައި ރޭ ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި އެހާރާއި މިހާރު ވެސް ދައުލަތުގެ ބައެއް ވެރިންނަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާއިރު، އެމްޑީޕީގެ ބައެެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެއީ ހަގީގީ ލިސްޓެއް ނޫން ކަމަށެވެ. ބައެއް މެމްބަރުންނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ކުރައްވާފައިވާ އެސްއެމްއެސްތަކެއް ވެސް ލީކް ކޮށްފައިވާއިރު، އެ އެސްއެމްއެސްތަކުގައި ހިމެނޭ ވާހަކަތައް ވެސް ބައެއް ބޭފުޅުން ވަނީ ދޮގު ކުރައްވައިފަ އެވެ.

ލީކުވެފައިވާ ލިސްޓުތަކުގައިވާ ގޮތުން ހިޔާނާތުގެ ފައިސާ ވަނީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ ޕާޓީ އަށް ނިސްބަތްވާ ބައެއް ވަޒީރުންނަށް ވެސް ލިބިވަޑައިގެންފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުންނަށް ވެސް ވަނީ ފައިސާ ލިބިފައި ކަމަށް ލިސްޓުތަކުން ދައްކަ އެވެ.