ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު ހަނދާނަށް ގެންނަމާ ހިނގާށެވެ! ރިސޯޓްތަކާއި އަމިއްލަ އޮފީސްތަކުން މުވައްޒަފުން ވަކިކޮށް، އަދި ހުރި މުސާރަތައް ވެސް ކުޑަކޮށް ވަރަށް ދަތި ހާލުގައި އަހަރެއްހާ ދުވަހު އުޅެފީމެވެ. އެ އަޑިގަނޑުން އަރައިގަނެވޭތޯ ރާއްޖެ މި އަންނަނީ ވަރަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެކަމަކު މުޅިންް ހަމައަކަށް ނޭޅި އުޅެނިކޮށް ބުރާސްފަތި ދުވަހުގެ ރޭ އިގްތިސާދަށް މި ވަނީ އަނެއްކާ ބޮމެއް ވައްޓާލައިފަ އެވެ. އެއީ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އެވެ.
08 މެއި 2021
ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު ހަނދާނަށް ގެންނަމާ ހިނގާށެވެ! ރިސޯޓްތަކާއި އަމިއްލަ އޮފީސްތަކުން މުވައްޒަފުން ވަކިކޮށް، އަދި ހުރި މުސާރަތައް ވެސް ކުޑަކޮށް ވަރަށް ދަތި ހާލުގައި އަހަރެއްހާ ދުވަހު އުޅެފީމެވެ. އެ އަޑިގަނޑުން އަރައިގަނެވޭތޯ ރާއްޖެ މި އަންނަނީ ވަރަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެކަމަކު މުޅިންް ހަމައަކަށް ނޭޅި އުޅެނިކޮށް ބުރާސްފަތި ދުވަހުގެ ރޭ އިގްތިސާދަށް މި ވަނީ އަނެއްކާ ބޮމެއް ވައްޓާލައިފަ އެވެ. އެއީ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އެވެ.
ދިވެހިންގެ ތެރެއިން ބޭރުގެ މީޑިއާތަކާއި އެކިއެކި ގައުމުތަކަށް އެންމެ ފަރިތަ، ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ އެކު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިވަނީ އެ ދާއިރާ ކޮޅަށް ޖަހަން އަނެއްކާ އަލުންބަލުން މަސައްކަތް ކުރަން ޖެހިފަ އެވެ.
ޓޫރިސްޓް އޮޕަރޭޓަރު އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މި ހަމަލާ ސިފަ ކުރެއްވީ މިއީ "ސޭފް ޑެސްޓިނޭޝަން"ގެ ގޮތުގައި އޮތް ރާއްޖޭގެ ނަން ކިލަނބުވި ހާދިސާއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހަމަލާ އާ ބެހޭ މައުލޫމާތު ދުނިޔޭގެ މަޝްހޫރު ޓްރެވަލް އޭޖެންސީތަކުން އަންނަނީ ގުޅައިގެން އޮޅުންފިލުވަމުންނެވެ. އެ ހާދިސާގެ ވާހަކަތައް ދުނިޔޭގެ އެކި ހިސާބުގައި ފަތުރަމުން އަންނަ އިރު، އޭގެ ނޭދެވޭ ނަތީޖާ ހަފުތާއެއްހާ ދުވަސް ފަހުން ފެންނަން ފަށާނެ ކަމަށް އޭނާ އަންދާޒާ ކުރައްވަ އެވެ.
"ޕެންޑެމިކް ހާލަތުގައި ވެސް ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ ސޭފް ޑެސްޓިނޭޝަނަށް ވުމުން. މި ހާދިސާއާ ހެދި ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ،" އޭނާ ވިދާޅުވި އެވެ.
ބޮމުގެ ހަމަލާ ދިން ސަރަހައްދުގައި ސިފައިން ހަރަކާތްތެރިިވަނީ -- ފައިލް ފޮޓޯ: މިހާރު
ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަ ޓޫރިޒަމް ދާއިރާއަށް މިކަމުން ކުރާނެ ހަގީގީ އަސަރު އަދި އަންދާޒާ ނުކުރެވުނަސް، ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގައި މި ވާހަކަ މިހާރު އެބަ ދެކެވެ އެވެ. އެންމެ ވަރުގަދަ މީޑިއާތަކުގައި ވެސް މިހާރު މި ހަމަލާގެ ވާހަކަތައް އެބައޮތެވެ. ޔޫރަޕްގެ ގައުމުތައް ކަމަށްވާ ޖަރުމަނާއި އިޓަލީ ފަދަ ގައުމުތަކުގައި އެ މީހުންގެ އަމިއްލަ ބަހުން ނެރޭ ނޫސްތަކުގައި ވެސް މިކަމުގެ ވާހަކަތައް ވަނީ ލިޔެފަ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ޓޫރިޒަމަށް ގެއްލުންތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ޓޫރިސްޓުން ކޮންމެވެސް ވަރަކަށް އައުން މަދުވުމުގެ ބިރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑުން އަރައި ނުގަނެވެނީސް މިފަދަ ކަމެއް ކުރިމަތިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިިިނިސްޓަރު ވިދާޅުވި އެވެ.
"ނަސީބަކުން ރާއްޖެ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތުމަކީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ނަސީބެއް. ރާއްޖެއަކީ ރިޕީޓް ޓްރެވަލާސް ވަރަށް ގިނައިން އަންނަ ގައުމެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ [މި ހަމަލަ އަށް ފަހު] ރާއްޖޭގެ ހާލަތުގެ އަޕްޑޭޓްތައް ބޭރުގެ ފަރާތްތަކަށް ދެމުނ،ް" އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދިން އިރު ކުރީ ސަރުކާރުގައި ވެސް މިފަދަ ބައެއް ހާދިސާތައް ހިނގައިފައިވެ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އިންނަވަނިކޮށް "ފިނިފެންމާ" ލޯންޗުކޮޅުގައި ވެސް އެއްޗެއް ގޮވައި ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން މީގެ 14 އަހަރު ކުރިން ސަލްޓަން ޕާކުގައި ވެސް ވަނީ ބޮމެއް ގޮއްވާލައި ޓޫރިސްޓުންތަކަށް ޒަހަމް ވެފަ އެވެ.
"އެކަމަކު އެއީ ވަރަށް ކުރި. އޭރާ މިހާރާ ވަރަށް ތަފާތު ވާނެ. ހަބަރުތައް މިހާރު މާ ބާރަށް ފެތުރި ގަނެ އިމްޕެކްޓް އަވަސް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ، މި އުނދަގޫ ހާލަތުން އަރައިގަތުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމުގައި އެންމެ މުހިއްމީ ރާއްޖޭގެ ހާލަތު ބޭރުގެ ފަރާތްތަކަށް ސާފުކޮށްދީ ކިޔައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސް މުޅި އިގްތިސާދަށް ވަންނަ 60 ޕަސެންޓް އާމްދަނީ ހުއްޓުމަކަށް އައެވެ. ކޮވިޑުން އަރައި ނުގަނެވެނީސް، ކޮވިޑްގެ ބަލި އިތުރަށް ކުއްލިއަކަށް ބޮޑުވި ދަނޑިވަޅު، ބޮމެއް ގޮއްވާލުމަކީ ވަރަށް ދެރަކޮށް ދިމާވި ކަމެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ، މިފަދަ ހާދިސާއެއްގެ ހިނގުމުން ޓޫރިސްޓުން ރާއްޖެ އަންނަން ފަސް ޖެހޭނެ ކަމަށެވެ.
"މީގެ އިމްޕެކްޓް ފެންނާނީ ދުވަސްކޮޅެއް ފަހުން. އެކަމަކު މިހާރުން ފެށިގެން ސަރުކާރުން މިކަމުގައި ރަނގަޅު ފިޔަވަޅުތަކެއް އަޅަންވީ،" އޭނާ ވިދާޅުވި އެވެ.
ރެޕުންތަކެއް އެއާޕޯޓްގައި: ޓޫރިޒަމް ރަނގަޅުވަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން -- ފައިލް ފޮޓޯ: މިހާރު
ޓެރަރިޒަމްގެ ހަމަލާތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުން އަންނަ ހާދިސާތަކެވެ. އެހެން ނަމަވެސް ރާއްޖެ ޓޫރިސްޓުންގެ މެދުގައި އެންމެ ބޮޑަށް މަޝްހޫރުވެފައި އޮތީ އެންމެ ރައްކާތެރި އަމާން މަންޒިލްގެ ގޮތުގަ އެވެ. ލަކްސް މޯލްޑިވްސް ރީޖަނަލް ޑިރެކްޓަ އޮފް ޓްރެއިނިން، ޑިވެލޮޕްމެންޓް އެންޑް ކޮލިޓީގެ މަގާމުގައި ހުންނެވި އަފީފު ހުސެއިން ވިދާޅުވީ، ކުރިއަށް އޮތީ ލޯ ސީޒަން ކަމުން މިފަދަ ނުރައްކާތެރި ހާދިސާއެއްގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރާނެ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް ޓްރެވަލާސްގެ ކޮންފިޑެންސް ގެއްލޭނެ ކަމެއް މީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ ކަހަލަ ޓޫރިޒަމްގެ މައްޗަށް މުޅި އިގްތިސާދު ބިނާވެފައި އޮތް ގައުމެއްގައި އެންމެ ބޮޑަށް ބޭނުން ވަނީ ވެސް ހަމަޖެހުމާއި ރައްކާތެރި ކަމެވެ. ރާއްޖެ އިން ވިއްކަނީ ސޭފް ޓޫރިޒަމެވެ. ޓޫރިސްޓް މީހާ އަށް އެނގެން ޖެހެނީ ރާއްޖެ އަކީ ސަލާމަތްތެރިކަން އޮތް ގައުމެއް ކަމެވެ. އެކަމަކު، މިފަދަ ހަމަލާތަކުން އެ ސަލާމަތްތެރި ކަމުގެ ޔަގީންކަމެއް މި ގައުމަކަށް ނުދެވޭނެ އެވެ.
"ކޮންމެ ދިވެއްސަކަށް ވެސް އެނގެން ވާނެ އަޅުގަނޑުމެންނަކީ ޓޫރިޒަމުން ލިބޭ އެއްޗަކުން ކައިގެން ބޮއިގެން އުޅޭ ބައެއްކަން. އެވަރު ދަންނަ މީހަކު މިކަހަލަ ނާތަހުޒީބު އަމަލެއް ނުހިންގާނެ. އަޅުގަނޑު ނުދަންނަވާނަން ހެޔޮލަފާ ގައުމު ދެކެ ލޯބިވާ ދިވެއްސަކު ވެސް މިކަހަލަ ކަމެއް ކުރާނެއެކޭ. މިއީ އެންމެ މީހަކަށް ދެވޭ ގެއްލުމެއް ނޫން. މިއީ މުޅި ދިވެހި ރައްޔިތުންގެ ބަނޑުފުރާމުއްތިކުރުމާ ގުޅިފައިވާ ކަމެއް،" ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ބޯޑަރު ބަންދުކުރުމަކީ ހައްލެއް ނޫން: ނަޝީދު
މަޓީން ބުނަނީ މިއަހަރު ޓޫރިސްޓުން ނާންނާނެއޭ: ނަޝީދު
ޓޫރިސްޓްގެ ކިބައިން މަޖިލިސް މާފަށް އެދިއްޖެ
ޓޫރިސްޓް މައްސަލާގައި ނަޝީދާއި އިމްރާންގެ ހިޔާލު ތަފާތު
ޓޫރިޒަމް ފުޅާކުރަން ރަށްރަށުގެ އެއާޕޯޓް ބޭނުންކުރަންޖެހޭ
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަނެއްހާ ޑޮލަރަށް މުޅި ރިސޯޓް ބުކްކޮށްލެވިދާނެ
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
މޭ 6 ހަމަލާއަށް ހަތަރު އަހަރު؛ އިންސާފެއް ނުލިބޭ!