05 މެއި 2021
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައިޝަތު ރަޝީދު އަދި ޑެޕިއުޓީ މިނިސްޓަރަކަށް އަބްދުއްޝުކޫރު އަބްދުލްހަކީމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައިޝަތު ރަޝީދު އަދި ޑެޕިއުޓީ މިނިސްޓަރަކަށް އަބްދުއްޝުކޫރު އަބްދުލްހަކީމް މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ހެލްތު މިނިސްޓްރީ އަށް މި ބަދަލުކުރެއްވީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ހިންގުން ޖެންޑް މިނިސްޓްރީގެ އަތުން ނަގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެލްތު މިނިސްޓްރީ އަށް ބަދަލު ކުރައްވާފައި ވަނިކޮށެވެ.
އައިޝަތު ރަޝީދާއި ޝުކޫރަކީ ޖެންޑާ މިނިސްޓްރީގެ ދަށުން އެންޑީއޭ ހިންގިއިރު، އެ ތަނުގެ ކަންކަން އެ މިނިސްޓްރީގެ ފަރާތުން ބެލެހެއްޓެވި ދެ ވެރިންނެވެ. އެހެންވެ، ހެލްތު މިނިސްޓްރީގައި އައިޝަތު ރަޝީދާއި ޝުކޫރުގެ މަސްއޫލިއްޔަތަކަށް ވާނީ އެންޑީއޭގެ ކަންކަން ބެލެހެއްޓުން ކަމަށް ބެލެވެ އެވެ.
އައިޝަތު ރަޝީދު ޖެންޑާ މިނިސްޓްރީގައި މިހާތަނަށް ވެސް ހުންނެވީ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ޝުކޫރު ވެސް ހުންނެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައިޝަތު ރަޝީދު އަދި ޑެޕިއުޓީ މިނިސްޓަރަކަށް އަބްދުއްޝުކޫރު، އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސްގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހެލްތު މިނިސްޓްރީ އަށް އައިޝަތު ރަޝީދާއި ޝުކޫރު އައްޔަން ކުރެއްވިއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމިޓީގެ ޗެއާމަން ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ނިޝާމާ އާއި ޝިޔާމާ މަގާމުން ވަކިކުރީ މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް އެ ބޭފުޅުން ސަސްޕެންޑް ކޮށްފައިވާތާ އަށް މަސް ފަހުންނެވެ.
މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!
ހެލްތު މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް
ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން
ބޭހަށް ބަރޯސާވާން ޖެހުނަ ނުދޭން ރައީސްގެ އިލްތިމާސެއް
ބޮޑު މުސާރައާއެކު ސީއީއޯގެ މަގާމަށް 12 މީހަކު!
ފިޝަރީޒް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް
ކުޑަކުދިންނަށް ކުރާ އަނިޔާ ބަލާ ކޮމިޝަން އުވާލައިފި
ޔޫތަށް ހުސައިން އިސްމާއިލް، ޖެންޑާ އަށް ދަމާސް ޝިހާބު
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
އެންޑީއޭ އަނެއްކާ ވެސް ހެލްތުގެ ދަށަށް ބަދަލުކޮށްފި