Roadha Mihaaru
ފިޝަރީޒް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އިތުރު ބޭފުޅަކު އައްޔަންކޮށްފި

07 މާޗް 2022

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އިތުރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އިތުރު ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ފާތިހު ކަމަށެވެ.

ފާތިހާއެކު، އެ މިނިސްޓްރީގައި ޑެޕިއުޓީ ތިން މިނިސްޓަރުން އެބަތިއްބެވި އެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވައިފަ އެވެ.

މަގާމަށް އައްޔަންކުރުމުގެ ކުރިން ފާތިހު ހުންނެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން އޮފިސަރަކަށެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.