Roadha Mihaaru
ޕީއެސްޖީ ބަލިކޮށް، ސިޓީ ފުރަތަމަ ފަހަރަށް ފައިނަލަށް

ޕީއެސްޖީ ބަލިކޮށް، ސިޓީ ފުރަތަމަ ފަހަރަށް ފައިނަލަށް

05 މެއި 2021

މެންޗެސްޓާ (5 މެއި) - ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ޕީއެސްޖީ އަތުން 2-0 އިން މޮޅުވެ، 4-1ގެ އެގްރިގޭޓް ނަތީޖާއަކާއެކު، މެންޗެސްޓާ ސިޓީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު ދެވަނަ ލެގުގައި އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ އަލްޖީރިއާގެ ވިންގަރ ރިޔާދު މަހްރޭޒެވެ.

މި މަހުގެ 29 ވަނަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލްގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ ޗެލްސީ ނުވަތަ ރެއާލް މެޑްރިޑެވެ.

މެޗުގެ 69 ވަނަ މިނިޓުގައި ސިޓީގެ ފެނާންޑީނިއޯގެ ފައި މައްޗަށް ގަސްދުގައި އެރުމުން، ޕީއެސްޖީގެ އަންހެލް ޑިމަރިއާ ރަތްކާޑު ދެއްކުމާއެކު، އެ ޓީމު މެޗު ނިންމާލީ 10 މީހުންނާއެކު އެވެ.

މި މެޗަށް ޕީއެސްޖީ ކުރިމަތިލިއިރު، މުހިންމު ފޯވަޑް ކިލިއަން އެމްބާޕޭ އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުނެވެ.

ސިޓީން ލީޑު ނެގީ މެޗުގެ 11 ވަނަ މިނިޓުގަ މަހްރޭޒް ޖެހި ލަނޑުންނެވެ. އަދި މެޗުގެ 63 ވަނަ މިނިޓުގައި ސިޓީން އުފެއްދި ކައުންޓާ އެޓޭކެއްގައި، މަހްރޭޒް ވަނީ ދެވަނަ ލަނޑެއް ޖަހައި ސިޓީ އަށް ފައިނަލްގެ ޖާގައެއްގެ ޔަގީންކަން ބޮޑުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް، ޕީއެސްޖީން ސިޓީގެ ޑިފެންސް ފޫއަޅުވާލަން މަސައްކަތްކުރި ނަމަވެސް، އެ ޓީމަށް އެކަން ކާމިޔާބެއްނުވި އެވެ. ޑިމަރިއާ އާއި މާކީނިއޯސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. -- އޭއެފްޕީ