29 އެޕްރީލް 2021
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 2-1 އިން ރަށުން ބޭރުގައި މޮޅުވެ، މެންޗެސްޓާ ސިޓީން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 2-1 އިން ރަށުން ބޭރުގައި މޮޅުވެ، މެންޗެސްޓާ ސިޓީން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާކީނިއޮސް ޖެހި ލަނޑާއެކު، މިދިޔަ ސީޒަންގެ ރަނަރަޕް ޕީއެސްޖީން ލީޑު ނަގާފައިވަނިކޮށް، ދެވަނަ ހާފުގައި ސިޓީން މެޗު އަނބުރާލީ ކެވިން ޑެބްރޮއިނާ އާއި ރިޔާޒް މަހްރޭޒް ޖެހި ލަނޑުތަކުންނެވެ.
މެޗުގެ 77 މިނިޓުގައި ޕީއެސްޖީގެ އިދުރީސަ ގިޔޭ އަށް ރަތްކާޑު ދެއްކުމާއެކު، ޕީއެސްޖީ މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ޕީއެސްޖީގެ މައްޗަށް ސިޓީން މި ހޯދީ ބޮޑު މޮޅެކެވެ. ރަށުން ބޭރުގައި ޖެހި ދެ ލަނޑާއެކު، އަމިއްލަ ދަނޑުގައި އަންނަ ހަފުތާގައި ކުޅޭ ދެވަނަ ލެގަށް ކުރިމަތިލާއިރު ފައިނަލްގެ އުންމީދު ސިޓީ އަށް ވަނީ ބޮޑުވެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށް ފަހު ސެމީން ޖާގަ ހޯދީ ޕީއެސްޖީން މެޗުގެ 15 ވަނަ މިނިޓުގައި ލީޑު ނެގީ މާކީނިއޮސް ޖެހި ލަނޑުންނެވެ. މާކީނިއޮސް ބޮލުން ގޯލަށް ބޯޅަ އަމާޒުކޮށްލީ އަންހެލް ޑިމަރިއާ ނަގައިދިން ކޯނަރަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ފުރުސަތުތައް ހޯދީ ޕީއެސްޖީންނެވެ. އެކަމަކު ދެވަނަ ހާފުގައި ފެނުނީ މުޅިން އެހެން މަންޒަރެކެވެ.
ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނިޓުގައި ޑެބްރޮއިނާ ޖެހި ލަނޑުންނެވެ. އަދި ޕީއެސްޖީ ސިއްސުވާލުމަށް ފަހު، މެޗުގެ 71 ވަނަ މިނިޓުގައި ސިޓީން ލީޑު ނެގީ މަހްރޭޒް ޖެހި ލަނޑުންނެވެ.
މެޗުގެ 77 ވަނަ މިނިޓުގަައި ސިޓީގެ އިލްކޭ ގުންޑޮގާނަށް ޕީއެސްޖީގެ ގިޔޭ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނަ އަށް ރަތްކާޑު ދެއްކުމުން، ޕީއެސްޖީ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވި އެވެ.
ޕީއެސްޖީ ބަލިކޮށް، ސިޓީ ފުރަތަމަ ފަހަރަށް ފައިނަލަށް
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ