Roadha Mihaaru
ނިސްބަތުން ގިނައީ ވަޒީފާ ނެތް ފިރިހެނުން

ނިސްބަތުން ގިނައީ ވަޒީފާ ނެތް ފިރިހެނުން

03 މެއި 2021

ރާއްޖޭގެ ވަޒީފާ ނެތް މީހުންގެ ތެރޭގައި އާބާދީގެ ނިސްބަތުން ބަލާއިރު ވަޒީފާ ނެތް ފިރިހެނުންގެ އަދަދު ގިނަ ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ވަޒީފާ ނެތް މީހުންގެ ތެރޭގައި އާބާދީގެ ނިސްބަތުން ބަލާއިރު ވަޒީފާ ނެތް ފިރިހެނުންގެ އަދަދު ގިނަ ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

ބައިނަލްއަގްވާމީ "ލޭބާ ޑޭ" އާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ މަސައްކަތު އާބާދީ އަކީ 181،144 އެވެ. މީގެ ތެރެއިން 3،704 މީހުންނަކީ އަންހެނުންނެވެ. އަދި ފިރިހެނުންގެ އަދަދަކީ 6،422 އެވެ.

މި 10،000 މީހުންގެ ނިސްބަތުން ބަލާއިރު ވަޒީފާ ނެތް ފިރިހެނުންގެ ނިސްބަތަކީ 63 ޕަސެންޓެވެ. އަދި އަންހެނުންގެ ނިސްބަތް 36 ޕަސެންޓެވެ.

މި ވަގުތު ރާއްޖޭގައި ވަޒީފާ އަދާކުރާ 180،000 ގެ ތެރެއިން 107،000 މީހުންނަކީ ފިރިހެނުންނެވެ. އަދި 73،000 މީހުންނަކީ އަންހެނުންވެ. މަސައްކަތްކުރާ އާބާދީގެ ތެރެއިން 93،000 މީހުން ދިރިއުޅެނީ މާލޭގަ އެވެ. އަތޮޅު ތެރޭގައި މަސައްކަތް ކުރާ މީހުންގެ އަދަދަކީ 87،000 އެވެ.

މަސައްކަތު އާބާދީ އަކީ 15 އަހަރުން މަތި ކަމަށް ބަލާއިރު މި އާބާދީ 317،000 އަށް އަރަ އެވެ. އެހެންވެ މި އާބާދީގެ ނިސްބަތުން އަން-އެމްޕްލޯއިމެންޓް ރޭޓް ހުރީ 5.3 ޕަސެންޓުގަ އެެވެ.

ރާއްޖޭގައި ވަޒީފާ އަދާ ނުކުރާ އާބާދީގެ ހަ ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ އާބާދީ މިހާރު ވަނީ 177،000 އަށް އަރައިފަ އެވެ. މީގެ ތެރެއިން 63 ޕަސެންޓަކީ ބަންގްލަދޭޝް މީހުންނެވެ. އެއީ ގާތްގަނޑަކަށް 112،000 މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެއީ 24،000 އެވެ. ތިން ވަނައިގައި އޮތް ސްރީ ލަންކާގެ 14،000 މީހުން ރާއްޖޭގައި ވަޒީފާއަދާ ކުރެ އެވެ.

މިދިިޔަ އަހަރު ކޮވިޑްގެ ސަބަބުން ރިސޯޓުތައް ބަންދުކުރަން ޖެހުމުން، ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. ނަމަވެސް އަލުން ރިސޯޓުތައް ހުޅުވުމާ އެކު އަނެއްކާ ވެސް ވަޒީފާތައް ވަނީ އިތުރުވާން ފަށައިފަ އެވެ.