02 މެއި 2021
ރަންބީރް ކަޕޫރާއި ދަރިފުޅު ރިތިކް ރޯޝަން ހިމަނައިގެން ފިލްމެއް ހެދުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ރާކޭޝް ރޯޝަން ބުނެފި އެވެ.
ރަންބީރް ކަޕޫރާއި ދަރިފުޅު ރިތިކް ރޯޝަން ހިމަނައިގެން ފިލްމެއް ހެދުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ރާކޭޝް ރޯޝަން ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީޓޫ ސިންގް އަކީ ވަރަށް ގާތް ބައެއް ކަމަށާއި ރިޝީ ވަކިވެ ދިއުމަކީ ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ރަންބީރު ކަޕޫރާ އެކު ފިލްމެއް ހެދުމަކީ އަބަދު ވެސް ކުރެވޭ އުންމީދެއް ކަމަށް ރާކޭޝް ބުންޏެވެ.
"ރަންބީރަކީ އެންމެ ތުއްތުއިރުއްސުރެ ވެސް އަހަރެން ދަންނަ ކުއްޖެއް. އޭނާގެ އާއިލާ އާއި އަހަރެމެންގެ އާއިލާ ކުރިން ވަރަށް ގިނައިން އެކީގައި ޗުއްޓީތަކަށް ގޮސް، ވަރަށް އުފާވެރި ވަގުތުތަކެއް ވެސް ހޭދަކޮށްފައިވާނެ،" ރާކޭޝް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ރިތިކާއި ރަންބީރް އެއް ފިލްމަކަށް ގެންނަން ބޭނުންވާތީ އެ މީހުން ގާތު ވެސް އެ ވާހަކަ ކުރިން ދައްކާފައިވާނެ އެވެ. އެކަމަކު މިހާތަނަށް ދެ ތަރިން އެކީގައި ސްކްރީނަށް ގެންނަން ކަމުދާ ކަހަލަ ސްކްރިޕްޓަކާ ދިމާނުވާ ކަމަށް ބުންޏެވެ.
"އެކަމަކު އެއީ އަހަރެން ކުރަން ބޭނުންވާ ކަމެއް،" ރާކޭޝް ބުންޏެވެ.
އޭނާ ބުނީ ރިތިކާ އެލު ހަދާ ސުޕަހީރޯ ފިލްމު "ކްރިޝް" ގެ ހަތަރު ވަނަ ބަޔާ ގުޅުން ހުރި އެއްވެސް މަސައްކަތްތެއް މި ވަގުތު ކޮވިޑް-19 އާ ހެދި ކުރިއަށް ނުދާ ކަމަށެވެ. އެކަމަކު ކޮވިޑްގެ ހާލަތު ރަނގަޅުވި އިރަކުން ފިލްމެއްގެ މަސައްކަތާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނާނެ ކަމަށް ބުންޏެވެ.
"ކްރިޝް 4" ގެ ވާހަކަ ދެކެވޭތާ މިހާރު ފަސް ވަރަކަށް އަހަރު ވެދާނެ އެވެ. އޭގެ މަސައްކަތް އެންމެ ބޮޑަށް މަޑުޖެހުނީ ރާކޭޝް މީގެ ދެ އަހަރު ކުރިން ކެންސަރަށް ފަރުވާ ހޯދަން ޖެހުމުންނެވެ. ނަމަވެސް އޭނާ މިހާރު ހުރީ ބަލިން ރަނގަޅުވެފަ އެވެ.
ރާކޭޝް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2013 ގެ "ކްރިޝް 3" އެވެ.
ރިތިކްގެ އަތުގައި މި ވަގުތު ދެ ފިލްމެއް އެބައޮތެވެ. އެއީ ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ރިމޭކާއި ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" އެވެ. އޭނާގެ ދެ ފިލްމެއް 2019 ގައި ރިލީޒްވި އެވެ. އެއީ "ސުޕަ 30" އާއި "ވޯ" އެވެ.
ރަންބީރްގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ "ޝަމްޝޭރާ" އެވެ. އަދި "ބުރައްމަސްތުރާ" އާއި ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެއްގެ މަސައްކަތް އޭނާ އަންނަނީ ކުރަމުންނެވެ.
ރިޝީ މަރުވި ފަހުން ނީޓޫ ކުޅުނު ފިލްމު ހާއްސަވާނެ
ނިތޭޝްގެ ފިލްމުން ރަންބީރާއި ރިތިކަށް 75 ކްރޯޑް
ކްރިކެޓް ތަރި ޔުވްރާޖްގެ ފިލްމު ކަރަން ނަހަދާނެ
ލޯބީގެ އެކި ރަހަތަކާ އެކު ރަންބީރްގެ އެންތޮލޮޖީއެއް
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު
ރަންބީރުގެ ފުރަތަމަ އާމްދަނީން މަންމައަށް ދިނީ ކެއުމެއް
ރާޖް ކަޕޫރްގެ ބައޮގްރަފީއެއް ޑިސެމްބަރުގައި ނެރެނީ
ނީޓޫގެ ކުޑައިރުގެ ހަނދާނެއް ލަވައަކުން
ރިޝީގެ ފަހު ފިލްމު ނިންމައިދޭނީ ޕަރޭޝް
ރިޝީގެ ވަކިވުމަށް ފަހު ނީޓޫގެ ފުރަތަމަ ފިލްމު ނިންމާލައިފި