17 ޖެނުއަރީ 2021
މިދިޔަ އަހަރު ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު ކުޅެން ފަށާފައި އޮތް ފިލްމި "ޝަރުމާޖީ ނަމްކީން" ގެ ބާކީ ހުރި މަންޒަރުތައް އެކްޓަރު ޕަރޭޝް ރާވަލް ހިމަނައިގެން ނިންމައި، މި އަހަރު އަޅުވަން ނިންމައިފި އެވެ.
މިދިޔަ އަހަރު ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވި އިރު ކުޅެން ފަށާފައި އޮތް ފިލްމި "ޝަރުމާޖީ ނަމްކީން" ގެ ބާކީ ހުރި މަންޒަރުތައް އެކްޓަރު ޕަރޭޝް ރާވަލް ހިމަނައިގެން ނިންމައި، މި އަހަރު އަޅުވަން ނިންމައިފި އެވެ.
ޖޫހީ ޗާވްލާ ބަތަލާގެ ރޯލު ކުޅޭ މި ކޮމެޑީ ޑްރާމާ އަކީ އެކްޓަރު ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. މިދިޔަ އަހަރުގެ އެޕްރީލް 30 ގައި ލޭގެ ކެންސަރު ބަލީގައި ރިޝީ މަރުވި އިރު "ޝަރުމާޖީ ނަމްކީން" ދެބައިކުޅަ އެއްބައި ޝޫޓިން އޮތީ ނިމފަ އެވެ. އެހެންވެ ފިލްމުގައި ރިޝީ ކުޅޭ ކެރެކްޓާގެ ބާކީ ހުރި ބައި ފުރިހަމަކޮށްދޭނީ ޕަރޭޝް އެވެ.
މި ބަދަލު ފިލްމަށް ގެންނަ އިރު، ރިޝީ ކުޅުނު ރޯލު ހަމަ އެގޮތަށް ބާއްވާއި، އެ ކެރެކްޓާ ޕަރޭޝްއާ އެކު ފުރިހަމަކޮށްދޭނެ އެވެ.
PARESH RAWAL TO COMPLETE RISHI KAPOOR'S PORTIONS... Since the shoot of #RishiKapoor's last film #SharmajiNamkeen is pending, #PareshRawal has agreed to complete the remainder of the film *in the same role*... The film will release on 4 Sept 2021, #RishiKapoor's birth anniversary. pic.twitter.com/Gf3AuE9mQV
— taran adarsh (@taran_adarsh) January 15, 2021
ފިލްމުގެ ޓީމުން ވެސް ކުރިން ވަނީ "ޝަރުމާޖީ ނަމްކީން" އަކީ ރިޝީގެ ފަހު ފިލްމަށްވާތީ އޭނާ ފެންނަ ގޮތަށް ފިލްމު ގެނެސްދޭނެކަން ކަށަވަރުކޮށް ދީފަ އެވެ. އަދި މިހާރު ހަމަޖައްސާފައިވާ ގޮތުން "ޝަރުމާޖީ ނަމްކީން" ސިނަމާތަކަށް ގެންނާނީ ރިޝީގެ އުފަން ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 4 ގަ އެވެ.
ލޭގެ ކެންސަރަށް ފަރުވާ ހޯދަނިކޮށް ރިޝީ މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވި އިރު، އޭނާ އޭގެ ކުރީ އަހަރު އެމެރިކާ އަށް ފަރުވާ އަށް ދިޔައީ ވެސް "ޝަރުމާޖީ ނަމްކީން" ގެ މަސައްކަތް ފެށިތަނާ އެވެ. އެގޮތުން 2018 ވަނަ އަހަރު އެމެރިކާ އަށް ދިޔަ ގޮތަށް އަހަރެއްހާ ދުވަހު ނިއު ޔޯކްގައި ފަރުވާ ހޯދުމަށް ފަހު އެނބުރި އިންޑިއާ އަށް ދިޔައީ 2019 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ރިޝީ ފަރުވާ އަށް އެމެރިކާ އަށް ދިއުމުން އޭރު ފިލްމުގެ މަސައްކަތް މެދުކަނޑާލައި އަލުން މަސައްކަތް ފެށީ އޭނާ އެނބުރި އިންޑިއާ އަށް ދިއުމުންނެވެ.
އެކްޓަރު ރަންބީރް ކަޕޫރްގެ ބައްޕަ އެންމެ ފަހުން ފެނިފައި ވަނީ 2019 ޑިސެމްބަރުގައި ރިލީޒްކުރި "ދަ ބޮޑީ" އިންނެވެ.
ރިޝީ މަރުވި ފަހުން ނީޓޫ ކުޅުނު ފިލްމު ހާއްސަވާނެ
ލޯބީގެ އެކި ރަހަތަކާ އެކު ރަންބީރްގެ އެންތޮލޮޖީއެއް
ރިޝީގެ ފަހު ފިލްމުގެ ޕޯސްޓަރު ދައްކާލައިފި
ރިޝީގެ ފަހު ފިލްމު ނިންމަން އަމާޒު ހިފައިފި
ރިޝީގެ ވަކިވުމަށް ފަހު ނީޓޫގެ ފުރަތަމަ ފިލްމު ނިންމާލައިފި
ރިޝީ މަރުވި އިރު ރަންބީރާ އެކު ފިލްމެއް ކުޅެން އޮތް
ވަރުންގެ މައިންބަފައިންގެ ރޯލަށް އަނިލް އާއި ނީޓޫ
"އެނިމަލް" އިން ލިބުނު ފުރުސަތު ވަރަށް ހާއްސަ: ޕަރިނީތީ
ކެޓްރީނާއާ އެކު ކުޅެން ލިބުނު ފިލްމު ދޫކޮށްލީ ޝާހިދު
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި