Roadha Mihaaru
ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޯޓުތަކެއް އަތުލައިފި

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް އަތުލައިގެންފި

29 އެޕްރީލް 2021

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަތުލައިގެންފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަތުލައިގެންފި އެވެ.

ސިފައިން މިއަދު ބުނީ މި ބޯޓުތައް އަތުލައިގަތީ ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ 30 ނޯޓިކަލް މޭލުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެެވެ. އެ ބޯޓުތައް ފެނުނީ ކޯސްޓްގާޑް "ހުރަވީ" ން ޕެޓްރޯލް ކުރަނިކޮށް، މ. އާއި ވ. އަތޮޅާ ދިމާލުން އިރުމަތިން އިގްތިސާދީ ސަރަހައްދުގެ 30 ނޯޓިކަލް މޭލުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓުތައް މިހާރު ކޯސްޓްގާޑު ޝިޕް "ހުރަވީ"ގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޯސްޓް ގާޑް "ހުރަވީ" ގެ ބެލުމުގެ ދަށުން މިހާރު މި ބޯޓުތައް މާލެ އަށް ދަތުރުކުރާއިރު އެއީ ކޮން ގައުމެއްގެ އުޅަނދުތަކެއް ސިފައިން އަދި ނުބުނެ އެވެ. ނަމަވެސް ކޮންމެ ބޯޓެއްގައި ހަ މީހަކު ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓުތައް މާލެއާ ހަމައަށް ފޯރާނީ އެމްއެންޑީއެފުން ބުނިގޮތުގައި މާދަމާ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.