01 ޑިސެމްބަރ 2020
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އިއްޔެ އަތުލައިގެންފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އިއްޔެ އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ ކ. މާފުށީގެ ބޭރުން، ބޭރުގެ މަސްބޯޓެއް މަސްވެރިކަން ކުރަމުން ދިޔަ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 11:45 ހާ އިރު ކަމަށެވެ. އެ ރިޕޯޓު ކުރީ އެ ސަރަހައްދަށް މަހަށް ނުކުމެ އުޅުނު މަސްދޯންޏަކުންނެވެ.
އެ ބޯޓު އޮތް ސަރަހައްދު ދެނެގަތީ ކޯސްޓްގާޑުގެ ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެން ކަމަށާއި އެ ބޯޓު ކޯސްޓްގާޑުގެ ހުރަވީ ބޯޓުގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގައި ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަތުލައިގަތް ބޯޓާ އެކު ކޯސްޓް ގާޑަށް މިއަދު ހަވީރު މާލެ އާދެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަތުލައިގަތީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި އެއާ ބެހޭ އެއްވސް ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މަސްބޯޓެއް އުޅޭކަން ރިޕޯޓްކުރި "އަސުރުމާ 3" ގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ކޯސްޓް ގާޑުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މިފަދަ ކަންކަމުގައި މަސްވެރިންގެ އެހީތެރިކަން ފާހަގަކޮށްފައިވެ އެވެ.
މީގެ ކުރިން ވެސް ކޯސްޓް ގާޑުން ވަނީ މަސްވެރިންނަށް ފެނިގެން ރިޕޯޓްކުރާ ބޭރުގެ އެތަައް އުޅަނދެއް އަތުލައިފަ އެވެ.
ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ
ސީޝެލްގެ މަސް ބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި
ދެ ބޯޓާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް
ރާއްޖެ ސަރަހައްދަށް ވަން އިތުރު މަސްބޯޓެއް ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ "ނޫރު" ދޯނި ފެނިއްޖެ
ރާއްޖެ ވަން ބޭރުގެބޯޓު ދިޔައީ ސޯމާލިއާއިން ތައިލެންޑަށް
މަހަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަނީ
ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރާނަން: ރައީސް
ކަނޑުގެސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ގާއިމްކުރަނީ
ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާގެ އުޅަނދުތައް