13 ޖެނުއަރީ 2018
ރާއްޖޭގެ ޚާއްސަ އިގުތިސޯދީ ސަރަހައްދަށް ވަން ބޭރުގެ އެހެން މަސްބޯޓެއް ވެސް، 250 ޓަނުގެ މަހާއެކު ރޭ އަތުލައިގެންފައިވާ ކަމަށް ދިވެހި ސިފައިން ދެންމެ ބުނެފި އެވެ.
ރާއްޖޭގެ ޚާއްސަ އިގުތިސޯދީ ސަރަހައްދަށް ވަން ބޭރުގެ އެހެން މަސްބޯޓެއް ވެސް، 250 ޓަނުގެ މަހާއެކު ރޭ އަތުލައިގެންފައިވާ ކަމަށް ދިވެހި ސިފައިން ދެންމެ ބުނެފި އެވެ.
"ޗޮޕްޓައްނާ 51" ކިޔާ މި މަސްބޯޓު ރޭ 8:50 ހާއިރު، އދ. މާމިގިލީ ހުޅަނގު ދެކުނުން ނުވަ ނޯޓިކަލް މޭލު ބޭރުން ފެނިފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް މިގޮތަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓެއް ދިވެހި ސިފައިން ވަނީ އަތުލައިގެންފަ އެވެ. އަދި އެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ވެސް ސިފައިން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ފެނުނު މަސްބޯޓެކޭ އެއްފަދައިން، ރޭ ފެނުނު ބޯޓުގައި ވެސް ހުރީ ސޯމާލިއާގެ ދިދައެއް ނަގާފައި ކަމަށެވެ. އަދި މި ބޯޓުގައި ވެސް ތައިލެންޑުގެ 12 ފަޅުވެރިއަކު ތިބި ކަމަށް ދިވެހި ސިފައިން ބުނެ އެވެ.
ތ. ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުން ދިވެހި ސިފައިންނަށް 200 ޓަނުގެ މަހާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެނުނު "ޗޮޕްޓައްނާ 55" ގައި ވެސް ތިބީ ތައިލެންޑުގެ 10 ފަޅުވެރިއެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އެ ބޯޓު ދަތުރުކުރަމުން ދިޔައީ ސޯމާލިއާއިން ތައިލެންޑަށް ކަމަށް އެ ބޯޓުގެ ފަޅުވެރިންނާ ހަވާލާދީ ދިވެހި ސިފައިން އިއްޔެ ބުނެފައިވެ އެވެ.
ދިވެހި ސިފައިން ބުނީ ރޭ ފެނުނު މަސްބޯޓު ރާއްޖޭގެ އިގުތިސޯދީ ސަރަހައްދަށް ވަނީ، ތެލާއި ކާބޯތަކެތި ބޭނުންވާ ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި، އެކަމަކު ހުއްދަ ދިނުމުގެ ކުރިން ކަމަށެވެ.
"އެހެންކަމުން ބޯޓުގެ އަމަލުތައް ހުރި ގޮތުން، އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، މި ބޯޓު ވަނީ އެމްއެެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ،" ދިވެހި ސިފައިންގެ ވެބްސައިޓްގައިވެ އެވެ.
"ޗޮޕްޓައްނާ 55" އަދި "ޗޮޕްޓައްނާ 51" ނަމަކަށް ކިޔާ މި ދެ ބޯޓު ވެސް މާލެ ގެނެވޭނެ ކަމަށް ބެލެވެނީ އެމްއެންޑީއެފުން ބުނާގޮތުގައި މިއަދުގެ މެންދުރުފަހު 3:00 ހާއިރު އެވެ.
ގަވައިދާ ހިލާފަށް އުޅުނު މަސްބޯޓެއް އަތުލައިގެންފި
ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ
ސީޝެލްގެ މަސް ބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި
ދެ ބޯޓާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް
ގެއްލިގެން ހޯދަމުން ދިޔަ "ނޫރު" ދޯނި ފެނިއްޖެ
ރާއްޖެ ވަން ބޭރުގެބޯޓު ދިޔައީ ސޯމާލިއާއިން ތައިލެންޑަށް
މަހަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަނީ
ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރާނަން: ރައީސް
ކަނޑުގެސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ގާއިމްކުރަނީ
ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާގެ އުޅަނދުތައް