01 މާޗް 2019
ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ސްރީލަންކާގެ ހަތަރު މަސްބޯޓެއް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ސްރީލަންކާގެ ހަތަރު މަސްބޯޓެއް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް ޝިޕް "ހުރަވީ" ގެ ސިފައިން ރޭ ދެ މަސްބޯޓެއް ހިފެހެއްޓުމަށް ފަހު ކުޅުދުއްފުއްޓަށް ގެންދަން މަސައްކަތް ކުރަނިކޮށް އެހެން ދެ ބޯޓެއް ފެނުނު ކަމަށެވެ. އެ ދެ ބޯޓާ އެކު ޖުމްލަ ހަތަރު ބޯޓް ކުޅުދުއްފުއްޓަށް ގެންދަން ހުރަވީގެ ސިފައިން މިހާރު އަންނަނީ ދަތުރުކުރަމުން ކަމަށް ވެސް ބުންޏެވެ.
ހަަތަރު މަސްބޯޓް ވެސް ފެނުނީ ހއ. ކެލަޔާ ދިމާ ބޭރުންނެވެ. އެގޮތުން ފުރަތަމަ ފެނުނު ދެ މަސްބޯޓް ހިފެހެއްޓީ ކެލާގެ އިރު އުތުރުން 103 މޭލު ބޭރުންނެވެ.
ރާއްޖޭގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ މަސްބޯޓުު ހިފަހައްޓާ އިރު އެންމެ ގިނައިން ހިފެހެއްޓިފައި ވަނީ ލަންކާގެ މަސްބޯޓްތަކެވެ. ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް މިމަހު ކުރީކޮޅުގައި ވެސް ލަންކާގެ ބޯޓެއް ހިފެހެއްޓި އެވެ.
ރާއްޖޭގެ މަސްވެރިން ވެސް އަވަށްޓެރި ގައުމުތަކުގެ ސަރަހައްދަށް ވަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ.
ފަހުން އަތުލައިގަތް ހަތް މަސް ބޯޓެއް ދޫކޮށްލައިފި
ދާއަޅަން އުޅުނު ލަންކާގެ ބޯޓުތަކެއް ހިފަހައްޓައިފި
ލަންކާ މަސްބޯޓުތައް ރާއްޖެއަށް ވަނީ ހުއްދަ ނެތި
ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް
ވަގަށް މަސްވެރިކަން ކުރި ބޯޓުތަކެއް ޖޫރިމަނާކޮށްފި
މަސްވެރިކަންކުރަމުން ދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
ގަވާއިދާ ހިލާފަށް މަސްވެރިކަންކުރި ބޯޓުތަކެއް އަތުލައިފި
ލަންކާ އަށް ރާއްޖޭން މަސް އެކްސްޕޯޓްކުރެވޭނެ
"ދިވެހި މަހުގެ ބާވަތްތައް މަނާކުރި ކަމެއް ނާންގާ"