Roadha Mihaaru
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރަމުން ދިޔަ ލަންކާގެ މަސްބޯޓެއް އަތުލައިގެންފި

07 ޖޫން 2022

ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް މިއަދު އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް މިއަދު އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑްގެ ޝިޕް ހުރަވީން، އެ ބޯޓު ހިފެހެއްޓީ މ. މުލީގެ އިރުން 79 ނޮޓިކަލް މޭލު ދުރުން ކަމަށެވެ. ބޯޓުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާކުރީ "އަލަމޫ 2" ކިޔާ ދޯންޏަކުން ކަމަށް ބުންޏެވެ.

އެ މަސްބޯޓުގައި ހަ ފަޅުވެރިން ތިއްބެވެ.

ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މިހާރު ބޯޓު ލ. ކައްދު އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެ އެވެ. އަދި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެ އެވެ.