30 އެޕްރީލް 2021
ދީޕިކާ ޕަދްކޯން ކުރިން ވެސް ބުނެފައިވާ ގޮތުގައި ޑައިރެކްޓަރު ޝަކުން ބަޓްރާއާ އެކު އޭނާ މަސައްކަތްކުރާ ފިލްމަކީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. ރިލޭޝަންޝިޕް ޑާކް ތުރިލާއެއްގެ ގޮތުގައި ހަދާ މި ފިލްމާ ބެހޭ ގޮތުން ދީޕިކާ ބުނެފައި ވަނީ މިއީ ބެލުންތެރިން ހީނުކުރާ ކަހަލަ ކަންތައްތަކެއް ފެންނާނެ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.
ދީޕިކާ ޕަދްކޯން ކުރިން ވެސް ބުނެފައިވާ ގޮތުގައި ޑައިރެކްޓަރު ޝަކުން ބަޓްރާއާ އެކު އޭނާ މަސައްކަތްކުރާ ފިލްމަކީ ބެލުންތެރިން ހައިރާންކޮށްލާ ވަރުގެ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. ރިލޭޝަންޝިޕް ޑާކް ތުރިލާއެއްގެ ގޮތުގައި ހަދާ މި ފިލްމާ ބެހޭ ގޮތުން ދީޕިކާ ބުނެފައި ވަނީ މިއީ ބެލުންތެރިން ހީނުކުރާ ކަހަލަ ކަންތައްތަކެއް ފެންނާނެ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.
ކަރަން ޖޯހަރްގެ ދަރުމާ އިން ހަދާ ފިލްމުގެ ނަން އިއުލާން ނުކޮށް އޭގެ ޝޫޓިންގެ ބޮޑު ބައި މިހާރު ނިންމާފައިވާ އިރު، ފިލްމާ ގުޅޭ ޝައުގުވެރި އާ ވާހަކަތަކެއް މިހާރު އެބަހުއްޓެވެ. އެގޮތުން މީގެ ޕްލޮޓްލައިން ބައެއް މީޑިއާތަކުން ތިލަކޮށްފައިވެ އެވެ. ފިލްމުގެ ކާސްޓުންނަކީ ދީޕިކާ އާއި އަނަންޔާ ޕާންޑޭ އާއި ސިދާންތު ޗަތުރަވެތީގެ އިތުރުން ދައިރިއާ ކަރްވާ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޝަކުންގެ ފިލްމުގެ ޕްލޮޓްލައިން އަންނަނީ މިގޮތަށެވެ؛ ދީޕިކާ އަކީ ވަރަށް ނުފޫޒު ގަދަ ސެލެބްރިޓީ ފިޓްނެސް ކޯޗެކެވެ. އަނަންޔާ އަކީ އޭނާގެ ކޮއްކޮ އެވެ. ދީޕިކާ ލޯބީގެ ގޮތުން ގުޅެނީ ސިދާންތުއާ އެވެ. އަނަންޔާގެ ބައިވެރިޔަކީ ދައިރިއާ އެވެ.
ފިލްމުގެ ވާހަކަ އެނބުރެނީ ވަރަށް ސިއްރު ގުޅުމެއް ދީޕިކާ، ކޮއްކޮގެ ލޯބިވެރިޔާ ދައިރިއާ އެކު ބާއްވައި، ސިއްރިޔާތުގައި ކުޅޭ ވަރުގަދަ ކުޅިގަނޑަކާ އެކީގަ އެވެ. މީގެ ވާހަކަ އެނބުރޭ ގޮތަށް ބަލާ އިރު ކެރެކްޓާތައް ވަރަށް ޑާކްވެފައި، ގްރޭ ޝޭޑްތަކުން ފުރިގެންވާނެ އެވެ.
ދެން އޮތީ ފިލްމުން މި ވާހަކަ ކިހާ ޝައުގުވެރިކޮށް ގެނެސްދޭނެތޯ ބެލުމަށް އިންރިޒާރުގައި ތިބުމެވެ. ޝަކުން އަށް ކުރެވޭ އުންމީދު ބޮޑެވެ. އޭނާ އެންމެ ފަހުން ގެނެސްދިން 2016 ގެ "ކަޕޫރް އެންޑް ސަންސް" އަކީ ބެލުންތެރިން އެ ފިލްމެއްގެ ޖާދޫގައި ވަރަށް ބޮޑަށް ޖެއްސުވި ފިލްމެކެވެ.
ޝަކުންގެ އާ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ނޭނގެ އެވެ. އިންޑިއާގއި މި ވަގުތު ކޮވިޑް-19 ގެ ހާލަތު އިތް ގޮތުން ވެސް އެ ފިލްމާ ބެހޭ މާ ބޮޑު މައުލޫމާތުތަކެއް ދަރުމާ އިން ހިއްސާކުރާނެ ކަމަކަށް ނުލެބެވެ އެވެ. އެހެންވެ ޝަކުންގެ ފިލްމަށް ކުރެވޭ އިންތުޒާރަށް ނިންމުމެއް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
ނާކާމިޔާބީ އަކީ ކަންބޮޑުވާ ކަމެއް ނޫން: ރަންވީރު
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
ދީޕިކާ "ބޯލްޑްކަމުން" ފިލްމު ޑިޖިޓަލް ޕްރީމިއާއަކަށް
ރަންވީރަކީ ޑާލިންއެެއް: ދަރުމެންދުރާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޔެ ޖަވާނީ ހެ ދީވާނީ" ގެ ސީކްއެލްއެއް ހަދާނެ
އަނެއްކާ ވެސް ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމެއް ރަންވީރަށް
ދީޕިކާގެ އާ ފިލްމަށް އިތުރު ތަރިއެއް
ދީޕިކާއާ އެކު މަސައްކަތްކުރުމަކީ ޝަރަފެއް: ސިދަންތު