26 އެޕްރީލް 2021
އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-0 އިން މޮޅުވެ، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މެންޗެސްޓާ ސިޓީން ލީގު ކަޕްގެ ތަށި އުފުލާލައިފި އެވެ.
އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-0 އިން މޮޅުވެ، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މެންޗެސްޓާ ސިޓީން ލީގު ކަޕްގެ ތަށި އުފުލާލައިފި އެވެ.
ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައި، ސިޓީން ވަނީ 80ގެ ކުރީކޮޅު ލިވަޕޫލުން ގާއިމްކުރި ރެކޯޑާ އެއްވަރުކޮށްފަ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 82 ވަނަ މިނިޓުގައި ސިޓީ އަށް ލަނޑު ޖަހައިދިނީ ފްރާންސްގެ ޑިފެންޑަރު އެމެރިކް ލަޕޯޓެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލީގު ކަޕްގެ ޗެމްޕިއަންކަން ލިބުމަކީ ސިޓީ އަށް ހައްގު ކާމިޔާބެއް ކަމަށެވެ.
"އަހަރަމެން ފައިނަލަށް ދަތުރުކުރީ އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑް ބަލިކުރުމަށް ފަހު. އެހެންވީމަ ބުނެވޭނީ މިއީ އަހަރަމެންނަށް ހައްގު ކާމިޔާބެކޭ،" ގާޑިއޯލާ ބުންޏެވެ. "މި މެޗުގައި ވެސް ސިޓީގެ ފަރާތުން ފެނުނީ ވަރަށް ހިތްގައިމު ކުޅުމެއް. ތައްޓެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަކު މި ކާމިޔާބީގައި ފާހަގަކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސިޓީ އެންމެ ފަހުން ކުޅުނު 33 މެޗުގެ ތެރެއިން 30 މެޗުން މޮޅުވެފައިވާކަން."
ދެހާސް އަށް ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ތައްޓެއް ހޯދުމުގެ އުންމީދުގައި ނިކުތް ޓޮޓެންހަމް އިން ވަނީ ފައިނަލްގެ ކުރިން އެ ޓީމުގެ ކޯޗުކަމުން ޖޯސޭ މޮރީނިއޯ ވަކިކޮށްފަ އެވެ. އެހެންކަމުން، މިރޭގެ ފައިނަލްގައި ޓޮޓެންހަމް އަށް އިރުޝާދު ދިނީ އެ ޓީމުގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައިވާ ރަޔަން މޭސަން ،29، އެވެ.
މޭސަން ބުނީ ފާއިތުވި ހަފުތާއެއްހާ ދުވަހު ޓީމަށް ދިމާވި ކަންތައްތަކަށް ވިސްނާލާއިރު، ފައިނަލްގައި ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ސިޓީ އަކީ ވަރަށް މޮޅު ޓީމެއް. މި މެޗުގައި ޓޮޓެންހަމްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި. ކުޅުންތެރިން އެ ކުރި މަސައްކަތާމެދު ފަހުރުވެރިވަން،" މޭސަން ބުންޏެވެ.
ނިއުކާސަލުން ސިޓީ ލީގު ކަޕުން ބޭރުކޮށްލައިފި
ސިޓީގައި އިތުރު އެއް އަހަރަށް ގާޑިއޯލާ މަޑުކުރާނެ
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
އިންގްލެންޑްގެ މަގާމަށް ދިއުމަކީ ވެދާނެކަމެއް: ގާޑިއޯލާ
ވަގުތަށް ފަރުވާތެރި ނުވާތީ ސިޓީ މިލިއަނުން ޖޫރިމަނާ
ޕްރިމިއާ ލީގާ ދެކޮޅަށް ސިޓީން މައްސަލަ ހުށަހަޅައިފި
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!