Roadha Mihaaru
މާލޭ ޖަލުން 13 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލޭ ޖަލުން 13 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ، ފިޔަވަޅުތައް ވަރުގަދަކޮށްފި

25 އެޕްރީލް 2021

މާލެ ޖަލުގެ އެނެކްސް އެކަކުން 13 ގައިދީއަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ ޖަލުގެ އެނެކްސް އެކަކުން 13 ގައިދީއަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ މާލެ ޖަލުގެ އެނެކްސް އެކަކުން ނެގި ސާމްޕަލްތަކުން 13 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ތަން ލޮކްޑައުންކޮށް، އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޭތެރެއަކުން ޖަލުން ރެންޑަމް ސާމްޕަލް ނަގައި ކަމަށެވެ. އަދި މި ގައިދީން ޕޮޒިޓިވްވެފައި ވަނީ އެގޮތަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ކަމަށެވެ.

ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބާ ކ. ދޫނިދޫ ޖަލުން ވެސް 13 މީހަކު މިދިޔަ ހަފްތާގެ ތެރޭގައި ޕޮޒިޓިވްވެފައިވެ އެވެ. އަދި މާފުށީ ޖަލާއި އައްސޭރި ޖަލުން ވެސް ކޮވިޑް ކޭސްތަކެއް ވަނީ ފެނިފަ އެވެ.

އެ ތަންތަނުގައި ވެސް ކޮވިޑްގެ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން އަންނައިރު ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.