07 އޯގަސްޓް 2023
މާލޭ ޖަލާ ޖެހިގެން އޮތް ބިމުގައި ހެދި ދަރުމަވަންތަ ސްކޫލް ހުޅުވުމުގެ ކުރިން އެ ޖަލުން 200 ގައިދީން އެކި ޖަލުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު ބާކީ ތިބީ 20 ގައިދީން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
މާލޭ ޖަލާ ޖެހިގެން އޮތް ބިމުގައި ހެދި ދަރުމަވަންތަ ސްކޫލް ހުޅުވުމުގެ ކުރިން އެ ޖަލުން 200 ގައިދީން އެކި ޖަލުތަކަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު ބާކީ ތިބީ 20 ގައިދީން ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ސެޕްޓެމްބަރު 2003 ގައި ރިމާންޑް ސެންޓަރެއްގެ ގޮތުގައި ހުޅުވި ޖަލަކީ މީހުން ބަންދުކޮށްގެން ގެންގުޅުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އަދި އޭގެ ފަހުން އެތާ ކައިރީ ދަރުމަވަންތަ ސްކޫލް ހުޅުވާތީ ޖަލު ހުސްކުރަން ނިންމައި ޖަލުގެ ބިމުގައި ދަރުމަވަންތަ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އެޅުމަށް ވަނީ ނިންމައިފަ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ މާލޭ ޖަލުގައި ތިބި 200 ގައިދީން ހުޅުމާލޭ ޖަލާއި މާފުށީ ޖަލު އަދި ހިންމަފުށީ ޖަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
"ބާކީތިބި 20 ގައިދީން ޖަލުތަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުން ދަނީ. މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ބަދަލު ކުރުމަށް، އެކަމަކު އެއްކޮށް ބަދަލުކޮށް ނިމޭނެ ދުވަހެއް ނޭނގޭ،" ޔުސްރީން ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ ސްކޫލާ އިންވެގެން ހުރި ޖަލުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެޅި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި އިއްޔެ ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. ދަރުމަވަންތަ ސްކޫލުގައި 41 ކްލާސްރޫމް ހުރެ އެވެ. ހާހަކަށްވުރެ ގިނަ ކުދިންގެ އާބާދީއަކަށް ކިޔަވައިދެވޭނެ ގޮތަށް އިމާރާތް ކޮށްފައިވާ އެ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީ އަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ލައިބްރަރީއެއް ވެސް ހުރެ އެވެ.
މާލެ ޖަލު ބަންދުކޮށްފި
ދަރުމަވަންތަ އާ އިމާރާތް ނިމެންވާއިރަށް ޖަލު ހުސްކުރަނީ
ދަރުމަވަންތަ ހޯލަށް ޖަލު ހުސްކުރެވޭނެ ދުވަހެއް ނޭނގެ
ވާނުވާގައި ތިބޭ މީހުންގެ މައްސަލަ މަޖިލީހަށް
ޖަލުގެ ބޮޑު އޮޕަރޭޝަން: ހަތިޔާރާއެކު 300 މީހުން
މާލޭ ޖަލުން 13 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވް
މާލެ ޖަލުގެ އޮފިސަރަކު ކޮޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އެޗްއާރުސީއެމުން ޔާމީނާ ބައްދަލުކުރަން ޖަލަށް