28 ޖޫން 2020
މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލްތައް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން މިރޭ ބުނެފި އެވެ.
މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލްތައް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން މިރޭ ބުނެފި އެވެ.
އެތަނުގައި ތިބި ގައިދީންނާއި މުވައްޒަފުންގެ ސާމްޕަލްތައް ނެގީ މި މަހުގެ 20 ވަނަ ދުވަހު ޖަލު އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވިވްވުމުންނެވެ. ޖަލުން ސާމްޕަލްތައް ނެގީ އެތަނުގައި ބަލި ފެތުރިފައި އޮތް މިންވަރެއް ބެލުމަށެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ މާލޭ ޖަލުގެ 70 އޮފިސަރުންނާއި މުވައްޒަފުންގެ އިތުރުން 24 ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އިތުރުން ހަތް ވެއިޓަރުންގެ ސާމްޕަލް ނަގައިގެން ޓެސްޓް ކުރި ކަމަށެވެ. ޖަލުން ނެގި 101 ސާމްޕަލް ވެސް ނެގެޓިވް ކަމަށް އެޗްޕީއޭ އިން އެތަނަށް ވަނީ އަންގައިފަ އެވެ.
ކޮވިޑް ފެތުރިޔަ ނުދިނުމަށްޓަކައި އެތަނުން އަންނަނީ ސިއްހީ މަސައްކަތްތެރިންގެ ލަފައާ އެއްގޮތަށް ގައިދުރުކުރުމުގެ އިރުޝާދުތަކަށް މާލެ ޖަލުގައި ދަމަހައްޓަމުން ކަމަށް ވެސް އެމްސީއެސް އިން ބުންޏެވެ.
މި ބައްޔަށް މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 1،203 މީހަކު ޕޮޒިޓިވްވެފައިވާ އިރު 808 ދިވެހިންނާއި 211 އިންޑިއާ މީހުންނަށް ބަލި ޖެހިފައި ވެ އެވެ. މިހާތަނަށް މި ބަލީގައި ރާއްޖެ އިން މަރުވީ އަށް މީހުންނެވެ.
މާލެ ޖަލުގެ އޮފިސަރަކު ކޮޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
މާލެ ޖަލު ބަންދުކޮށްފި
މާލޭ ޖަލުގައި މިހާރު ބަދަލު ނުކުރެވި ތިބީ 20 މީހުން
ދަރުމަވަންތަ އާ އިމާރާތް ނިމެންވާއިރަށް ޖަލު ހުސްކުރަނީ
ވާނުވާގައި ތިބޭ މީހުންގެ މައްސަލަ މަޖިލީހަށް
ޖަލުގެ ބޮޑު އޮޕަރޭޝަން: ހަތިޔާރާއެކު 300 މީހުން
މާލޭ ޖަލުން 13 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އެޗްޕީއޭގެ ލުޔާއެކު ޔާމިންގެ ވަކީލުން މާފުއްޓަށް
ވަކީލުންގެ ޕީސީއާރު ޓެސްޓް: އަމާޒަކީ ޔާމީނެއް ނޫން
ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ