Roadha Mihaaru
ޒިކުރާ ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުުޅުވައިފި

23 އެޕްރީލް 2021

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު މެންދުރު ހުކުރު ނަމާދަށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ވަގުތީ މިސްކިތް އެޅުމަށްޓަކައި އެކަން ކޮންނަމުން ދަނިކޮށް މިމަހު ކުރީކޮޅު އެތަނުން މިނިކަށިތަކެއް ފެނިފައިވެ އެވެ. އެހެންވެ، އެ ތަކެތި ރައްކާތެރި ކުރުމަށްޓަކައި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އޭރު މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖައްސާލި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އޮފީސް އިމާރާތަކާ އެކު މިސްކިތެއް ހަދަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.