Roadha Mihaaru
މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހަދަނީ

ސ. މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހަދަން ހަވާލުކޮށްފި

07 ޖޫން 2023

ސ. މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރަން 14 މިލިއަން ރުފިޔާ އަށް ސަރުކާރުން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސ. މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރަން 14 މިލިއަން ރުފިޔާ އަށް ސަރުކާރުން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މިސްކިތުގެ މަސައްކަތް ހަވާލުކުރި ނޫރައްދީން އިންވެސްޓްމަންޓާ އެކު، އިސްލާމިކް މިނިސްޓްރީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ނޫރައްދީން އިންވެސްޓްމަންޓުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އަބްދުﷲ ސޯލިހެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ސަރުކާރުން މީދޫގައި މިސްކިތެއް އިމާރާތްކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންހަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތް ހަވާލުުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.