15 އެޕްރީލް 2021
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތެއް އަޅައި ނިމޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތެއް އަޅައި ނިމޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިސްކިތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ބެއްލެވުމަށް ބައެއް އިލްމުވެރިން ޒިޔާރަތްކުރެއްވި ކަމަށެވެ. އެ ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތެއް އަޅައި ނަމާދުކުރަން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތަށް ކޮންނަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު މިނިކަށިތަކެއް ފެނިފައި ވެ އެވެ.
Zikra miskith huri bin saafu kurumuge masahkai kuriah dhiya goi bahlavaa lehvumah baeh ilmuverin site ah ziyaarai kurehvi. Varah avahah vaguthee miskith alhaa, namaadu kuran feshea varu vaane. In Shaa Allah. pic.twitter.com/N6kcqkBBOr
— Ahmed Zahir Ali (@AhmedZahirAli) April 14, 2021
ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މިސްކިތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީން އޭރު ވެސް ބުންޏެވެ.
މިނިކަށިތައް ފެނުމުން އެ ބިމުގައި މިސްކިތް އެޅުމަކީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ ކަމެކެވެ.
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ މިނިކަށި ފެންނަ ތަންތަނުގައި އިމާރާތްކޮށްގެން ނުވާނެ ކަމަށެވެ. އިމާރާތްކުރުމުގެ ކުރިން ގަބުރުތައް ނަގާފައި އިހުތިރާމާ އެކު އެހެން ތަނެއްގައި ވަޅުލުމުން ރަނގަޅުވާނެ ކަމަށް ފުރަތަމަ ފިގްހް އެކަޑަމީން ނިންމާފައިވާ ކަމަށް ޑރ. އިޔާޒު ވިދާޅުވެ އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ކުރީގެ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު އަހަރެއްވާން ކައިރިވިއިރު ވެެސް އަމަލީ މަސައްކަތް ނުފެށުމުން މި ސަރުކާރުން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.
މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހަދަނީ
ފައިސާ ބޭނުންކުރީ މިސްކިތްތަކުގެ މަރާމާތަށް: މުއިއްޒު
އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް އެހީވަނީ
ސަލްމާން މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
ކުޑަކުދިން އިމާމުވެ ނަމާދުކުރުމަކީ މައްސަލައެއް ނޫން
ކުޑަކުދިން އިމާމުވެ ނަމާދު ނުކުރަން އަންގައިފި
ޝަހީމްގެ ޝަކުވާ އަށް އިސްލާމިކް މިނިސްޓަރުގެ ރައްދެއް
ޒިކުރާ ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި
ފުވައްމުލަކުގައި ޖަމާއަތުގައިނަމާދުކުރުން މެދުކަނޑާލައިފި
ޒަމާނީ ބަދަލުތަކާއެކު ކުރީގެ މާވެޔޮ މިސްކިތް ހުޅުވައިފި