19 އެޕްރީލް 2021
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ސައިޒާ ދާދި ގާތަށް މި އަހަރު ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ސައިޒާ ދާދި ގާތަށް މި އަހަރު ދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ކުރިން ރާއްޖޭގައި އޮތް އިގުތިސާދުގެ 85 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ސައިޒަަކަށް އިގުތިސާދު ގެނެވޭނެ ކަމަށެވެ.
އޭނާ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގަތީ ފައިސާ ޗާޕްކުރުމަށް ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ގާނޫނުގައި އޮންނަ އުސޫލަށް އަމަލުނުކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވުމަށް ފަހު މަޖިލީހަށް އެކަމުގެ ތަފްސީލު ދެއްވުމަށެވެ.
އިގުތިސާދު އެ ހާލަތަށް އަނބުރާ ގެނެވޭނެކަމަށް ލަފާކުރައްވާ އެއް ސަބަބަކީ އަމީރު ވިދާޅުވި ގޮތުގައި ރައްކާތެރިކަމާއި އެކު ރާއްޖޭގެ ބޯޑަރު ހުޅުވައިލެވިފައިވުމެވެ. ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭން މެނޭޖްކުރި ގޮތާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފަރުދުންނަށް އެހީތެރިވާން ސަރުކާރުން ހިންގި ލޯނުތަކަކީ ވެސް އިގުތިސާދު ފުޅާވާނެ ސަބަބުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މި އިއްޒަތްތެރި މަޖިލީހުން އަޅުގަނޑު މިއެދެނީ، އަޅުގަނޑުމެން މި އެދިފައިވާ ގޮތަށް، އަޅުގަނޑުމެންނަށްް މި އިސްތިސްނާ އަދި އެއް އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް،" އަމީރު ވިދާޅުވި އެވެ.
ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭ އިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ސަރުކާރުން މިދިޔަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ. އެ ހުއްދަ މަޖިލީހުން އޭރު ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އޭރު ދިން ހުއްދައިގެ މުއްދަތު އިތުރުކުރުމަށް މަޖިލީހަށް ހުށަހަޅުއްވައި އެކަން ދިފާއުުކުރައްވަމުން އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން އަދިވެސް މުޅިން ކޮންޓްރޯލްކުރެވިފައި ނުވާ ކަމަށާއި އެހެންވީމާ މިއީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނާ ފަދަ އިސްތިސްނާ ހާލަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެެވެ. ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކޮވިޑްގެ ކުރިން އިގުތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތަށް އެނބުރި ދާން އަދި ވަގުތު ބޭނުންވުމެވެ.
އަމީރު ވިދާޅުވި ގޮތުގައި މިއީ އިގުތިސާދު ދެމެހެއްޓުމަށް ވިޔަފާރިތަކަށާއި ފަރުދުންނަށް ދޭން ޖެހޭ ސަޕޯޓް ދިނުން ހުއްޓައިލަން ރަނގަަޅު ވަގުތެއް ނޫނެވެ.
"އޭގެ ތެރޭގައި 2020 ވަނަ އަހަރުގެ ހަަތަރު ކުއާޓާގައި ވެސް ރާއްްޖޭގެ އިގުތިސާދުގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރު ހުރީ ސުމެއް އިންސައްތައަށްް ވުރެ ދަށުގައި،" އަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ކުއާޓާލީ ޖީޑީޕީ ދަށަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލުނުކުުރުމުގެ ހުއްދަ އެއް އަހަރުދު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަަހަހަރު ދައުލަތުގެ ހިންގުމަަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ.ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީ ވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން ކަަމަށް އަމީރު ވިދާޅުވި އެވެ. ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
ބަނގުރޫޓުވާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަކަށް: އަަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
41 ބިލިއަން ރުފިޔާގެ ބަޖެޓް މާދަމާ ހުށަހަޅަނީ
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މިދިޔަ ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ފައިސާ ހޯދަން ދަތި، މަޝްރޫތައް ވަނީ ލަސްކޮށްފައި
އެސްޑީއެފްގެ ބާރު ރައީސަށް؛ މެމްބަރުންގެ ކަންބޮޑުވުން!
ދައުލަތުގެ ރިޒާވްގެ ތަފުސީލަށް އީވާ އެދިވަޑައިގެންފި