07 ސެޕްޓެމްބަރ 2022
ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ބޭރުން ދަރަންޏަށް ފައިސާ ހޯދަން މިހާރު އުނދަގޫ ކަމަށާއި ޕީއެސްއައިޕީގައި ހިމެނޭ ބައެއް މަޝްރޫއުތައް މަޑުޖައްސާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ބޭރުން ދަރަންޏަށް ފައިސާ ހޯދަން މިހާރު އުނދަގޫ ކަމަށާއި ޕީއެސްއައިޕީގައި ހިމެނޭ ބައެއް މަޝްރޫއުތައް މަޑުޖައްސާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑު އާއި އުކުޅަހުގެ ހެލްތު ސެންޓަރު އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރާނެ ތާރީހާއި އެއްބަސްވުމުގައި ސޮއި ކުރެވޭނެ އިރަކާ ގުޅޭ ގޮތުން ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ، ޔުކްރެއިންގެ ހަނގުރާމަ އާއި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން އިންޓަރެސްޓް ރޭޓް ބޮޑުކުރަމުން ދާއިރު، މި ދަނޑިވަޅުގައި ބޭރުގެ މާކެޓަށް ބޮންޑާއި ސުކޫކް ވިއްކައިގެން ފައިނޭންސް ހޯދުމަށް ދަތިތަކެއް ހުރި ކަމަށެވެ.
އެހެންކަމުން މިހާރު މުސާރަ ދިނުމާއި ދަރަނި ދެއްކުން ފަދަ ކަންކަމަށް ފޯކަސް ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"މި ދުވަސްވަރަށް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ޓެންޑާކޮށް، ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެން ލަސްކޮށްގެން ކުރިއަށް ގެންދަނީ. އަދި ކޭޝްފްލޯ މެނޭޖް ކުރުމަށް ކުރެވެން ހުރި ކަންކަން ވީހާ ވެސް ކައިރިން ބަލައިގެން ކުރިއަށް ގެންދަން،" މާލީ ވަޒީރު ވިދާޅުވި އެވެ.
މަޝްރޫއުތަކުގެ ބީލަމުގެ ކަންކަން ބަޖެޓާއި ކޭޝްފްލޯ އަށް ހަމަޖެހުން ލިބުމުން ވީހާ ވެސް އަވަހަކަށް ފަަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު މިއަދުގެ ޖަލްސާގައި ވަނީ މި އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވަށް އިތުރު ވާނީ ކިހާ ވަރެއްތޯ އާއި އެއީ ކިހިނެއް ހޯދާނެ ފައިސާއެއްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ހަތަރު މަހު ދައުލަތުގެ ދަރަނި އަދާކުރުމަށް ދައުލަތުން ހަރަދުކުރާ ވަރު ހާމަކުރެއްވުމަށް ވެސް އިލްޔާސް އެދިވަޑައިގަތެވެ.
އަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ބަޖެޓުގެ ޕްލޭނާ އެއްގޮތަށް ދައުލަތުގެ ރިޒާވް މި އަހަރު ނިމެންވާއިރަށް ހުންނާނެ ކަމުގެ ޔަގީން ކަން މެމްބަރުންނަށް އަރުވާ ކަމަށެވެ.
ސަރުކާރުގެ އެޕްރޫވްޑް ބަޖެޓުގެ ފައިނޭންސިން ޕްލޭން ގޮތުން ބޭރުން 200 މިލިއަން ޑޮލަރު (3.08 މިލިއަން ރުފިޔާ) ހޯދަން ޖެހޭ ކަމަށާއި އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. ބާކީ ހޯދުމުގެ މަސައްކަތް ވެސް އެކި ގޮތް ގޮތަށް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދު ކުރާނީ ކިހާ ވަރެއްތޯ އަމީރު ވިދާޅެއް ނުވެ އެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ސުވާލު ތަކުރާރު ކުރައްވައި ޖަވާބު ދެއްވުމަށް އަމީރުގެ ކިބައިން އެދިވަޑައިގަތެވެ.
ނަމަވެސް ވިދާޅުވީ "އެ މައުލޫމާތު ވަކިން މެމްބަރަށް އަރުވާނެ" ކަމަށެވެ.
.
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
41 ބިލިއަން ރުފިޔާގެ ބަޖެޓް މާދަމާ ހުށަހަޅަނީ
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ދައުލަތުގެ ރިޒާވްގެ ތަފުސީލަށް އީވާ އެދިވަޑައިގެންފި
އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް!
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: އަމީރު
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު