Roadha Mihaaru
މާދަމާ ރޯދަ، ބާޒާރުގެ އަގުތައް ހުރީ ކިހިނެއް؟

މާދަމާ ރޯދަ، ބާޒާރުގެ އަގުތައް ހުރީ ކިހިނެއް؟

12 އެޕްރީލް 2021

ކޮންމެ އަހަރަކު ވެސް ރޯދަ މަހަކީ ބާޒާރުގައި ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ފާއިތުވި ދެ އަހަރުގައި ވެސް ތަކެތީގެ އަގު އުފުލިފައި ވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މާދަމާ ފަށާ ރޯދަ މަހާ އެކު، މިއަދާ ހަމައަށް ބާޒާރުގައި ބައެއް އާންމު މުދަލުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ގެރިކިރާއި ކުކިން އޮއިލް ކަހަލަ ބައެއް ބާވަތްތަކުގެ މުދަލުގެ އަގު ކޮންމެވެސް ވަރަކަށް މައްޗަށް ދިޔަ ނަމަވެސް ފާހަގަކުރެވޭ ބޮޑު ބަދަލެއް އަދި އައިސްފައި ނުވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަހަރު ފެށުނު އިރު އިމްޕޯޓް ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ބައެއް އިމްޕޯޓް މުދަލުގެ އަގު ވެސް ބޮޑުވި އެވެ. ނަމަވެސް މިހާރު އެ ތަކެތި ވެސް ރޯދަޔާ ދިމާކޮށް ވަނީ އަގުު ހެޔޮކޮށްފަ އެވެ. މީގެ ތެރޭގައި ފިޔާ، އަލުވި އަދި ކެރެޓާއި ލޮނުމެދު ފަދަ ތަކެތި ހިމެނެ އެވެ.

ބާޒާރުމަތީގައި މިއަދު ބައެއް އާންމު މުދަލުގެ އަގުތައް

- ފިޔާ: ބަސްތާއެއް 220ރ- 230ރ. އަށް، ކިލޯއެއް 10ރ.-13ރ. އާ ދެމެދު.

- އަލުވި: ބަސްތާއެއް 230ރ. އަށް، ކިލޯއެއް 12ރ. އަށް.

- ބިސް: ކޭހެއް 300ރ.-350ރ. އާ ދެމެދު.

- ކަރާ: ކިލޯއެއް 18ރ.-25ރ. އާދެމެދު.

- ލޮނުމެދު ކިލޯއެއް 35ރ. އަށް.

- ކެރެޓް ކިލޯއެއް 20ރ. އަށް.

- ބޭރު މިރުސް ކިލޯއެއް 100ރ.- 120ރ. އާ ދެމެދު.

- ދިވެހި މިރުސް ކިލޯއެއް 300ރ. 500ރ. އާ ދެމެދު.

- ކިޔުކަމްބާ ކިލޯއެއް 35ރ. އަށް.

- ލުނބޯކިލޯއެއް 35ރ.-50ރ. އާ ދެމެދު.

- އިނގުރު ކިލޯއެއް 45ރ. އަށް

- ކާއްޓެއް 5ރ.-20ރ. އާ ދެމެދު.

ދަތުރުވެރިންގެ މާރުކޭޓުގައި މީހަކު ވިޔަފާރި ކުރަނީ: އާއްމުކޮށް ތަކެތީގެ އަގު ހެޔޮ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ދަތުރުވެރިންގެ މާރުކޭޓުގައި މީހަކު ވިޔަފާރި ކުރަނީ: އާއްމުކޮށް ތަކެތީގެ އަގު ހެޔޮ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރޯދަ މަހު ރޯދަ ވީއްލުމަށް އެންމެން ގިނައިން ގެތަކުގައި ބޭނުން ކުރަނީ ކަދުރެވެ. ބާޒާރުމަތީގައި 500 ގްރާމުގެ އާދައިގެ ކަދުރު ޕެކެޓެއްގެ އަގު އުޅެނީ 45ރ. އަށެވެ.

އެހެން އަހަރުތަކުގެ ރޯދަ މަސްތަކުގައި ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް މި އަހަރުގެ ރޯދަ މަހު ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ވިޔަފާރިވެރިން ވެސް ގަބޫލު ކުރެ އެވެ. އެގޮތުން، މުދާ ލިބުމުގައި ހުރި ދަތިތައް މަޑުމަޑުން ހައްލުވަމުން އަންނަ ކަމަށާއި ރޯދައަށް ބޭނުންވާ ވަރަށް މުދާ ލިބޭ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

ރޯދަ މަހު އެންމެ ގިނައިން ބޭނުންވާ، ކަރާ، މިރުސް އަދި ކާށީގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެގްރޯ ނެޓް ކުންފުނި މެދުވެރިކޮށް ދަނޑުވެރިން ހައްދާ ތަކެތި ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރޯދައަށް އެންމެ ދުވަހަކަށް ވެފައިވާއިރު ބާޒާރުމަތި އޮތީ ފުރާލައިފަ އެވެ. މި އަހަރުގެ ރޯދަ މަހު ވިޔަފާރި ރަނގަޅުވާނެ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ލަފާ ކުރެ އެވެ.