Roadha Mihaaru
ބާސާ ބަލިކޮށް ރެއާލް ތާވަލްގެ އެއްވަނަ އަށް

ބާސާ ބަލިކޮށް ރެއާލް ތާވަލްގެ އެއްވަނަ އަށް

11 އެޕްރީލް 2021

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އަތުން 2-1 އިން އަމިއްލަ ދަނޑުގައި މޮޅުވެ، ރެއާލް މެޑްރިޑް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އަތުން 2-1 އިން އަމިއްލަ ދަނޑުގައި މޮޅުވެ، ރެއާލް މެޑްރިޑް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ރެއާލްގެ އަލްފްރޭޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 13 ވަނަ މިނިޓުގައި ރެއާލް އިން ލީޑު ނެގީ ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާ ޖެހި ލަނޑުންނެވެ. މިއީ އެންމެ ފަހުން ރެއާލަށް އޭނާ ކުޅުނު ހަތް މެޗުގައި ޖެހި ނުވަ ވަނަ ލަނޑެވެ.

ރެއާލް އިން ލީޑު ފުޅާކުރީ 28 ވަނަ މިނިޓުގައި ޓޯނީ ކްރޫސް ކާމިޔާބުކުރި ލަނޑުންނެވެ. ބާސާގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން ކްރޫސް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް އަމާޒުވީ ބާސާގެ ޑިފެންޑަރު ސާޖިނިއޯ ޑެސްޓްގެ ގައިގައި ޖެހިފަ އެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ބާސާ އަށް ލަނޑު ޖަހަދިދިނީ އޮސްކާ މިންގުއޭޒާ އެވެ.

ރެއާލް މެޗު ނިންމާލީ 10 މީހުންނާއެކު އެވެ. މެޗުގެ ފަހު މިނިޓުކޮޅުގެ ތެރޭގައި ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސިމޭރޯ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު، ރަތްކާޑު ދައްކައިފަ އެވެ.

ރެއާލް އާއި އެތުލެތިކޯ މެޑްރިޑް 66 ޕޮއިންޓާއެކު އޮތް ނަމަވެސް، ރެއާލަށް މި ވަގުތު ތާވަލްގެ އެއްވަނަ ލިބެނީ ހެޑް ޓު ހެޑް ރެކޯޑަށް ބަލާފަ އެވެ. އެކަމަކު ލީގުގައި މިރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެތުލެޓިކޯ އަލުން އެއްވަނަ އަށް ޖެހިލާނެ އެވެ. ބާސާ އޮތީ 65 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ.

"މި މެޗުގެ ނަޓީޖާއާމެދު ވަރަށް ހިތްހަމަޖެހޭ،" މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދީން ޒިދާން ބުންޏެވެ. "މިއީ ފަސޭހަ މެޗެއް ނޫން އެކަމަކު މިއީ އަހަރަމެންނަށް ހައްގު މޮޅެއް. ހުރިހާ ކުޅުންތެރިން ވެސް މި މެޗުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރި."

ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ބާސާގެ ކުޅުން ރަނގަޅުކުރިކަން އޭނާ ފާހަގަކުރި އެވެ.

"ބައެއް ހާލަތްތަކުގައި އަހަރަމެންނަށް ގޯސް ޑެސިޝަންތަކެއް ނެގެނީ. އެއީ ރަނގަޅުކުރަންޖެހޭ ކަމެއް،" ކޫމަން ބުންޏެވެ.ރެއާލް އާއި އެތުލެތިކޯ މެޑްރިޑް 66 ޕޮއިންޓާއެކު އޮތް ނަމަވެސް، ރެއާލަށް މި ވަގުތު ތާވަލްގެ އެއްވަނަ ލިބެނީ ހެޑް ޓު ހެޑް ރެކޯޑަށް ބަލާފަ އެވެ. އެކަމަކު ލީގުގައި މިރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެތުލެޓިކޯ އަލުން އެއްވަނަ އަށް ޖެހިލާނެ އެވެ.

ބާސާ އޮތީ 65 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ.