Roadha Mihaaru
ރެއާލްއަށް ބެޓިސް ބަލިނުކުރެވި ބާސާއާ ފަރަގު ބޮޑުވެއްޖެ

ރެއާލް އަށް ބެޓިސް ބަލިނުކުރެވި ބާސާއާ ފަރަގު ބޮޑުވެއްޖެ

06 މާޗް 2023

ސެވިއްޔާ (މާޗް 6) - ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރެއާލް މެޑްރިޑަށް މޮޅު ނުވެވި، ވާދަވެރި ބާސެލޯނާ އާ ދެމެދު ފަރަގު ނުވަ ޕޮއިންޓަށް ބޮޑުވެއްޖެ އެވެ.

ސެވިއްޔާ (މާޗް 6) - ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ރެއާލް މެޑްރިޑަށް މޮޅު ނުވެވި، ވާދަވެރި ބާސެލޯނާ އާ ދެމެދު ފަރަގު ނުވަ ޕޮއިންޓަށް ބޮޑުވެއްޖެ އެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ ވަނީ ރޭ ވެލެންސިއާގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ރަފީނިއާ އެވެ. ބެޓިސް އާއި ރެއާޅްގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި ރެއާލް އާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ބާސާގެ ރޮނަލްޑް އަރައުހޯ އަށް ރޭ ގެ މެޗުގައި ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މި މަހު ރެއާލް އާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

ރޭ، ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް އަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލް ޖެހޭ ގޮތެއް ނުވި އެވެ. އެއީ އެ ޓީމަށް ލަނޑެެއް ނުޖެހި ފުރިހަމަ ކުރި ވިދިވިދިގެން ދެވަނަ މެޗެވެ.

އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނީ އެޓޭކްތަކުގައި އެކަށީގެންވާ މިންވަރަށް އެ ޓީމަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.

ރެއާލްގެ ވަލްވާޑޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރާއިރު ބެޓިސްގެ ލުިޒް ފިލިޕޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ: ރެއާލްގެ ކޯޗު އަންޗެލޮއްޓީ ބުނީ އެޓޭކުތަކުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭ ކަމަށް --- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ވަލްވާޑޭ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރާއިރު ބެޓިސްގެ ލުިޒް ފިލިޕޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ: ރެއާލްގެ ކޯޗު އަންޗެލޮއްޓީ ބުނީ އެޓޭކުތަކުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭ ކަމަށް --- ފޮޓޯ: އޭއެފްޕީ

"ޑިފެންސްގައި ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު ކުރިއަށް ބޯޅަ ގެންގޮސް އެޓޭކްތަކުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު،"

އެ ޓީމުގެ ޑިފެންޑަރު ލޫކަސް ވަޒްކުއޭޒް ބުނީ ރެއާލް އަށް އަދި ވެސް ލީގު ހޯދުމުގެ އުންމީދު އެބައޮތް ކަމަށެވެ.

"އަހަރެމެން އަދި މިތިބީ މާޗުގައި. އަދި ސީޒަންގައި ކުޅެން ވަރަށް ދިގު މުއްދަތެއް އެބައޮތް. އަހަރެމެން މަސައްކަތް ކުރަމުން ދާނަން. މި މެޗުން ވެސް ކަމެއް ހާސިލުވާ ވަރަށް އަހަރެމެން މަސައްކަތް ކޮށްފި. ފުރުސަތުތައް އުފައްދައިފި އެކަމަކު ނިންމާ ނުލެވި ދިޔައީ،" ވަޒްކުއޭޒް ބުންޏެވެ.

އެތުލެޓިކޯއިން ރޭ ވަނީ ސެވިއްޔާގެ މައްޗަށް 6-1 ން ބޮޑު މޮޅެއް ހޯދައިފަ އެވެ. އެ ޓީމުގެ މެންފިސް ޑިޕާއީ އާއި އަލްވާރޯ މޮރާޓާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ އެންޓްއާން ގްރީޒްމަން އާއި ޔެނިކް ކަރެސްކޯ އެވެ. ސެވިއްޔާގެ އަނެއް ލަނޑު ޖެހީ ޔޫސުފް އަން ނަސޭރީ އެވެ. ދެވަނަ ހާފުގައި ސެވިއްޔާގެ އީވާން ރަކިޓިޗް އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ.