10 އެޕްރީލް 2021
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަޑިއަށް ދިޔަ ތެޔޮ ބޯޓުން ތިމާވެއްޓަށް ކުރާނެ ގެއްލުން ކުޑަކުރަން ކަމާ ގުޅުން ހުރި އިދާރާތާ އެކު މަސައްކަތް ކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަޑިއަށް ދިޔަ ތެޔޮ ބޯޓުން ތިމާވެއްޓަށް ކުރާނެ ގެއްލުން ކުޑަކުރަން ކަމާ ގުޅުން ހުރި އިދާރާތާ އެކު މަސައްކަތް ކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
ހަވީރު 5:50 ހާ އިރު ހިނގި މި ހާދިސާގައި "ބްރޯ ފިއުލްސް" ބޯޓުގައި ރޯވީ 60،000 ލީޓަރުގެ ޑީސަލާ އެކު ޅ. އަތޮޅަށް ދަތުރުކުރަނިކޮށެވެ. މާލެ އަތޮޅު އެނބޫދޫފިނޮޅު ކައިރީގައި އަޅާފައި އޮއްވައި އެ ބޯޓު އަނދައި އަޑިއަށް ދިޔައީ މިރޭ 6:30 ހާއިރު އެވެ.
@MNDF_Official and @EPAMaldives are working closely to minimize environmental impact of the fuel boat that sank today.
— Mabrook Azeez (@MvSpokesperson) April 10, 2021
Preliminary findings do not indicate any fuel leakage at the moment.
The President’s Office is monitoring the incident, and coordinating with key stakeholders.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް، އަޑިއަށް ދިޔަ ތެޔޮ ބޯޓާއި ގުޅިގެން ކުރި ޓްވީޓެއްް
މި މައްސަލައާ ގުޅިގެން މަބްރޫކް ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ ރައީސް އޮފީހުުން އަންނަނީ އެމްއެންޑީއެފް އަދި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
"މިހާތަނަށް ހޯދި ހޯދުންތަކުން ފިއުލް ލީކުވެފައިވާ ކަމަކަށް ނުފެނޭ،" މަބްރޫކް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން އީޕީއޭ އިން ވެސް ބުނީ ކޯސްޓްގާޑާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެއީ 100،000 ލީޓަރުގެ ޑީސަލް ރައްކާ ކުރެވޭ ޖާގައިގެ ބޯޓެއް ކަމަށެވެ. މި ބޯޓް އަޑިއަށް ދިއުމުން 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވާނެ ކަމަށް ބްރޯ ފިއުލް އިން ބުނެފައި ވެ އެވެ.
އީޕީއޭގެ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ
މީހުން ދިރިއުޅޭ ހިސާބުގައި ތެޔޮ ރައްކާކުރުން މަނާކޮށްފި
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި
ގަލޮޅުގެ ގެއެއްގައި ރޯވެއްޖެ
ރީތި ރަށުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް
ގްރީންބިލްޑިން އެނދީ ސިފައިންގެ އިހުމާލުން: އެމްޑީޕީ
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
ރޯވި ތަނަށް ވަދެ ހޯދީ އުމްރާއަށް ދާން އެއްކުރި ފައިސާ
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު