Roadha Mihaaru
އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގައި ދަގަނޑޭ

އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގައި ދަގަނޑޭ ހިމެނިއްޖެ

10 އެޕްރީލް 2021

އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީން) އޮންލައިންކޮށް ހުޅުވާލި ޕޯލް އަކުން ހޮވި އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގައި، ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިއްޖެ އެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީން) އޮންލައިންކޮށް ހުޅުވާލި ޕޯލް އަކުން ހޮވި އޭއެފްސީ ކަޕްގެ ޑްރީމް ޓީމުގައި، ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިއްޖެ އެވެ.

އޭއެފްސީން ހަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕޯލްގައި އެތައްހާސް ބަޔަކު ވޯޓުލި ކަމަށް އޭއެފްސީން ބުނެ އެވެ. ދަގަނޑޭ ޑްރީމް ޓީމުގައި ހިމެނުނީ އެންމެ ގިނަ ވޯޓު ލިބުނު ކުޅުންތެރިންގެ ތެރޭގައި ހިމެނިގެނެވެ. ދެކުނު އޭޝިއާ ސަރަހައްދުން ޑްރީމް ޓީމަށް ހޮވުނު ހަމައެކަނި ކުޅުންތެރިއަކީ ދަގަނޑޭ އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ދަގަނޑޭ މި މުބާރާތުގައި އެންމެ ފުރަތަމަ ކުޅުނީ ކްލަބު ވެލެންސިއާއާއެކު، 2004 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސްއާއެކު އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. ދަގަނޑޭ ވަނީ އޭއެފްސީ ކަޕްގައި 29 ލަނޑު ޖަހައިފަ އެވެ.

މީގެ ކުރިން ދަގަނޑޭ ވަނީ އޭއެފްސީ ކަޕްގައި ޖެހި އެންމެ މޮޅު ސޯލޯ ގޯލްގެ ޕޯލް ވެސް ކާމިޔާބުކޮށްފަ އެވެ. މި ޕޯލްގައި ދަގަނޑޭ އަށް ވޯޓު ހޯދުމަށް، ދަގަނޑޭގެ ސަޕޯޓަރުން ބޮޑު ކެމްޕޭނެއް ހިންގި އެވެ.